ads
ހޯމް މިނިސްޓަރ އިމްރާންއާއި ސީޕީ ހަމީދު
މިނިސްޓަރު އިމްރާނާ މަގުމަތިން މީހަކު "ފޮށެފި"
ރައީސް އޮފީސް ކައިރިން ބޭރުމަގުން ހިންގަވާފައިދަނިކޮށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ އަންހެނަކު ދިމާކޮށް ފޮށެފި އެވެ.

އެ ހާދިސާގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު ފެނިގެންދަނީ ސައިކަލެއްގައި ދިޔަ އަންހެނަކު، މިނިސްޓަރު އިމްރާންއާ އަރާއި ހަމަކޮށް، އެއްޗެހި ގޮވަންފެށި މަންޒަރެވެ. އަދި އެވަގުތު މިނިސްޓަރުގެ އަރިހުގައި ސެކިޔުރިޓީން ތިބި މަންޒަރު ވެސް ފެނިގެންދެ އެވެ. 

your imageއާންމުވެފައިވާ ވީޑިއޯގެ ސްކްރީންޝޮޓެއް--

އެހެންނަމަވެސް އެމީހާ ދުރުކުރުން ފަދަ ކަމެއް ކުރި މަންޒަރު ފެނިގެނެއް ނުދެ އެވެ. އަދި މިނިސްޓަރު އިމްރާން ވެސް ރައްދު ދެއްވާ މަންޒަރެއް ނުފެނެ އެވެ. 

އެ ވީޑިއޯ ނެގި ވަގުތަކީ މަގުމަތިން އެއްޗެހި ދުއްވަމުންދިޔުމުން އެ އަންހެން މީހާ ދައްކަމުން ދިޔަ ވާހަކަތައް އެހާ ސާފުކޮށް ވީޑިއޯއަކުން ނީވެ އެވެ. 

އެކަމަކު ވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލި މީހާ ވަނީ، އެއީ މިނިސްޓަރުގެ ފަރާތުން ޖިންސީ ގޯނާ ލިބުން ކަމަށް ބުނާ އަންހެނަކެވެ.

ނަމަވެސް އެ ތުހުމަތުތަކަކާ ގުޅިގެން މިނިސްޓަރު އަދި އެއްޗެއް އާންމުކޮށް ވިދާޅެއް ނުވެއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް