ads
ފޮޓޯ: އެމްއެންޑީއެފް
މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ
މަސްވެރިކަން ކުރަން ނިކުމެ އުޅުން "ކޯމަސް" ދޯނީގެ ދިވެހި ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ފަރުވާދޭން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ގއ. އެކަފަރުގެ އިރު އުތުރުން 1.5 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ ކޯމަސް ދޯނީގެ ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިފައިވާ ކަމަށެވެ. ކޯމަސް ދޯންޏަކީ ގއ. މާމެންދޫގެ ދޯންޏެކެވެ. 

އެގޮތުން ބުޅި ހެރިފައި ވަނީ އުމުރުން 36 އަހަރުގެ ދިވެހި ފަޅުވެރިއެެއްގެ ލޮލަށް ކަމަށާއި އެކަމުގެ މައުލޫމާތު ލިބުނީ 11:30 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. 

އެމްއެންޑީއެފް އިން ވަނީ މެންދުރު 1:30 ގައި އެމީހާ ގއ. އަތޮޅު ހޮސްޕިޓަލަށް ފަރުވާއަށް ގެންދެވޭނެ ކަމަށް ވެސް ލަފާކޮށްފަ އެވެ. 

މިފަހުން މަސްވެރިންގެ ލޮލަށް ބުޅިހެރުމުގެ މައްސަލަތައް އާންމުވެފައިވާއިރު ކަނޑުމަތީގައި ދިމާވާ މިފަދަ ހާދިސާތަތަކުގައި އަނިޔާވާ މީހުނަށް އެމްއެންޑީއެފް އިން އަންނަނީ އެހީވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް