ads
މަރާމާތުތަކަށްފަހު މާލެ ޖަލު އެނެކްސް 1 އަލުން ހުޅުވުން --
މިދިޔަ މަހު ގިނަ ބަޔަކު ޖަލަށްލީ ޑްރަގާއި ވައްކަމުގެ މައްސަލަތަކުގައި
މިދިޔަ މަހުގެ ތެރޭގައި ތަފާތު އެކި މައްސަލަތަކާއި ގުޅިގެން 56 މީހަކު ޖަލަށްލާފައިވާއިރު އޭގެ ތެރޭގައި ގިނައީ ވައްކަމާއި ޑްރަގްގެ މައްސަލަތަކުގައި ޖަލަށް ލެވުން މީހުން ކަމަށް ކަރެކްޝަންސް ސާވިސް އިން ބުނެފި އެވެ.

ކަރެކްޝަންސް އިން އާންމުކުރި މިިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ތެރޭގައި ޖަލަށް ލެވުނު މީހުންގެ ތެރެއިން 53.2 އިންސައްތަ މީހުންނަކީ ވައްކަމާއި ފޭރުމުގެ މައްސަލަތަކާއި ހުރެ ޖަލަށް ލެވުނު މީހުންނެވެ. 

އަދި 34.4 އިންސައްތަ މީހުންނަކީ މަސްތުވާތަކެތީގެ އެކި މައްސަލަތަކާއި ހުރެ ޖަލަށް ލެވުނު މީހުންނެވެ. އޭގެ އިތުރުން ތަފާތު އެކި އަނިޔާތައް ކުރި މައްސަލައާ ގުޅިގެން 3.1 އިންސައްތަ މީހުން ޖަލަށް ލެވުނުއިރު ރޭޕްކުރި މައްސަލަތަކާއި ގުޅިގެން ވެސް 3.1 އިންސައްތަ މީހުން ޖަލަށް ލެވުނެވެ. އަދި އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަތަކާއި ގުޅިގެން ވެސް މީހުން ޖަލަށްލާފައިވެ އެވެ. 

އޭގެ އިތުރުން، ޖަލުން ދޫކޮށްލި މީހުންގެ އަދަދުތަކަށް ބަލާއިރު މިދިޔަ މަހު ޖަލުން ދޫކުރި މީހުންގެ އަދަދު ގިނައެވެ. އެގޮތުން މިދިޔަ މަހު 33 މީހަކު ޖަލުން ދޫކޮށްލިއިރު މިދިޔަ އޮކްޓޫބަރު މަހު ޖަލުން ދޫކުރި މީހުންގެ އަދަދު އުޅެނީ 28 ގަ އެވެ. 

އަދި ގައިދީނަށް މިދިޔަ މަހު ފަހިިކޮށްދިން ފޯން ކޯލްތަކަށް ބަލާއިރު ކަރެކްޝަންސް އިން ވަނީ މާފުށީ ޖަލާއި އައްސޭރި ޖަލު އަދި މާލޭ ޖަލާއި ހުޅުމާލޭ ޖަލުން ގައިދީންނަށް ފަހިކޮށްދިން ކޯލުތަކުގެ އަދަދުތައް ވެސް ހާމަކޮށްފަ އެވެ. 

ޖުމްލަ 2287 ކޯލެއްދީފައިވެ އެވެ. އެއީ އާއިލީ ކޯލުގެ 2259 ކޯލާއި ވަކީލުންގެ މީޓިންތަކަށް 28 ކޯލެކެވެ. އަދި ގައިދީންނަށް ޑޮކްޓަރަށް ދެއްކުމަށް ފަހިކޮށްދިން ފުރުސަތުތަކުގެ މައުލޫމާތު ވެސް ވަނީ ހާމަކޮށްފަ އެވެ. 

އޭގެ އިތުރުން، ކަރެކްޝަންސް އިން ވަނީ ޖަލަށް ވެއްދުމަށް މަސައްކަތްކުރި ތަކެތީގެ ތެރެއިން އަތުލައިގަތް ސާމާނުގެ މައުލޫމާތު ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން ނޮވެމްބަރު މަހުގެ ތެރޭގައި މާފުށީ ޖަލުން ހަތް ފޯނާއި ފަސް ސިމް އަދި ފަސް ޗާޖަރާއި އެއް ހެޑްސެޓްގެ އިތުރުން 13.33 ގްރާމުގެ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ. އަދި މާލޭ ޖަލުން ފޯނަކާއި ސިމެއްގެ އިތުރުން ޗާޖަރަކާއި ދެ ފޯނު ބެޓެރި އަތުލައިގެންއިރު އައްސޭރި ޖަލުން ވަނީ ފޯނަކާއި ދެ ސިމް ކާޑު އަތުލައިގެންފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް