ads
އިލްމީ ކުރިއެރުމާއި ބެހޭ ފަސްވަނަ މަހާސިންތާ
އިލްމީ ކުރިއެރުމާއި ބެހޭ ފަސްވަނަ ބައިނަލްއަގުވާމީ މަހާސިންތާ ފަށައިފި
އިސްލާމީ ޔުނިވާސިޓީން ކުރިއަށްގެންދާ ޢިލްމީ ކުރިއެރުމާއި ބެހޭ ފަސްވަނަ ބައިނަލްއަގުވާމީ މަހާސިންތާ ފަށައިފި އެވެ.

އިސްލާމިކް ޔުނިވާސިޓީން ކުރިއަށްގެންދާ މަހާސިންތާ ފަށާފައިވަނީ މިއަދު ހެނދުނު އެ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތު އިފްތިތާހްކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ. ދެ ދުވަހުގެ މުއްދަތަކަށް ބާއްވާ އެ މަހާސިންތާ ކުރިއަށް ގެންދަނީ ފަސް ދާއިރާއަކަށް ބަހާލައިގެންނެވެ. އެއީ އިސްލާމިކް ޝަރީއާ އާއި އެެޑިޔުކޭޝަން ދާއިރާއާއި ބިޒްނަސް އަދި އެންވަޔަރަމެންޓްގެ ދާއިރާގެ އިތުރުން ހިއުމެނިޓީގެ ދާއިރާއިން އެވެ. އަދި ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން މިއަހަރު މުޅިން އަލަށް ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅޭ ދާއިރާ ވެސް ވަނީ ހިމަނާފަ އެވެ. 

މިއަހަރުގެ މަހާސިންތާގައި 12 ގައުމަކުން ބައިވެރިވެފައިވާއިރު، އެގައުމުތަކުން ވަނީ 25 ކަރުދާސް ހުށައަޅާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް