ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު--
ހަ ގައުމެއްގެ ސަފީރުންނާ މިނިސްޓަރު ބައްދަލު ކުރައްވައިފި
ހަ ގައުމެއްގެ ސަފީރުންނާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.

މިނިސްޓަރު ޝާހިދު ވަނީ މިއަދު ކެނެޑާ، ނޯވޭ، ސްވިޓްޒަލެންޑް، ތުރުކީ، އޮސްޓްރޭލިއާ އަދި ނިއުޒީލޭންޑުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންގެ ނައިބުންނާއި ވާޗުއަލްކޮށް ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދާއި ގައުމުތަކުގެ ސަފީރުން ވަނީ ކޮވިޑް-19 އާ ގުޅޭ ގޮތުންނާއި، ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފަ އެވެ. މީގެ އިތުރުން ގައުމުތަކުގެ ސަފީރުން ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަށް މިނިސްޓަރާއި ހިއްސާކުރައްވާފައިވެ އެވެ.

މިއަދު ބޭއްވި ބައްދަލުވުމަކީ ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާއި އެކު އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް މިނިސްޓަރު ޝާހިދު އިސްނަންގަވައިގެން ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ ކުރިންވެސް އެކި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާއި އެކު މިނިސްޓަރު ޝާހިދު ވާޗުއަލްކޮށް ބައްދަލުވުންތައް ބާއްވައި މަޝްވަރާ ކުރައްވާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް