ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު--
5 މިލިއަނަށް ވުރެ ދަށުގެ ޕްރޮކިއުމަންޓްތަކުގެ މައުލޫމާތު ހާމަކުރަން އަންގައިފި
ފަސް މިލިއަނަށް ވުރެ ދަށުގެ ޕްރޮކިއުމަންޓްތަކުގެ މައުލޫމާތު ހާމަކުރަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަންގަވައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.13 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އޮފީސްތަކުގައި ގާއިމްކޮށްފައިވާ ބިޑް ކޮމިޓީތަކުގައި ހިމެނޭ މެންބަރުންގެ މައުލޫމާތުތައް މިމަހުގެ 31 ވަނަ ދުވަހުގެ 14:00 ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ. 

އެގޮތުން ބަނޑޭރި ޕޯޓަލް ބޭނުންކުރާ ހުރިހާ އޮފީސްތަކުން ބިޑް ކޮމިޓީގެ މެންބަރުންގެ މައުލޫމާތު އެ ޕޯޓަލްގެ
މެދުވެރިކޮށް ހުށަހެޅުމަށް އަންގާފައިވާއިރު މިނިސްޓްރީން ބުނީ ބަޑޭރި ޕޯޓަލް ބޭނުންނުކުރާ އޮފީސްތަކުން ކޮމިޓީ މެންބަރުންގެ ދަފުތަރު ފުރިހަމަކުރުމަށް ފަހު [email protected] އަށް ފޮނުވަން ވާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކުރުމަށްޓަކައި، ޕްރޮކިއުމަންޓްގެ މަސައްކަތްތަކުގައި އުޅޭ ހުރިހާ މުވައްޒަފުންނަށް ހާއްސަކޮށްގެން އެ މިނިސްޓްރީގެ ބަނޑޭރި ޕޯޓަލްގައި ގަވާމަންޓް ޕްރޮކިއުމަންޓް ޕްރޮފެޝަނަލްސް ނެޓްވޯކްގެ ނަމުގައި ނޮލެޖް ޕޯޓަލްއެއް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި އެ ޕޯޓަލް މެދުވެރިކޮށް ޕްރޮކިއުމަންޓްގެ މަސައްކަތްތަކުގައި އުޅޭ ހުރިހާ މުވައްޒަފުންނަށް މައުލޫމާތު ބަދަލުކޮށް، މަސައްކަތާއި ގުޅިގެން އުފެދޭ ސުވާލުތައްކޮށް، އެފަދަ ސުވާލުތަކަށް ޖަވާބުލިބިގެންދާނެ އިންތިޒާމެއް ހަމަޖެހިފައިވާނެ ކަމަށް ވަނީ ބުނެފަ އެވެ.

އަދި ޕްރޮކިއުމަންޓްގެ މަސައްކަތްތަކުގައި އުޅޭ އެންމެހައި މުވައްޒަފުން ޕްރޮކިއުމަންޓް އާއި ގުޅިގެން ކުރަންބޭނުންވާ ސުވާލުތައް ކުރުމުގައި އާއި، އަދި ޕްރޮކިއުމަންޓް އާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް މި ޕޯޓަލް ބޭނުންކުރުމަށް ވެސް ފިނޭންސް އިން އަންގަ އެވެ. 

އެޑްވާންސް ފައިސާއާއި ގުޅޭ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10,67 ގެ (ށ) ގެ ދަށުން 15 އިންސައްތައަށް އިތުރަށް އެޑްވާންސްގެ ގޮތުގައި ފައިސާ ދިނުމުގައާއި، އެ މާއްދާގެ (ނ) ގައި ބަޔާންކުރާ އެއްފަހަރާ ފައިސާ ދައްކައިގެން ނޫނީ ލިބެން ނެތް މުދަލާއި ހިދުމަތުގެ އަގު 35،000 ރުފިޔާއަށްވުރެ ބޮޑުނަމަ، އެ ފައިސާ އެއްފަހަރާ
ދޫކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށް ބަނޑޭރިޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. 

އޭގެ އިތުރުން އެ ސާކިއުލާގައި ބުނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.53 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހާމަކުރުމުގެގޮތުން، ސަރުކާރުގެ އޮފީސްތަކުންނާއި، މިނިވަން މުއައްސަސާތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓަކީ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އަޑުގެ ޕްރޮކިއުމަންޓެއްނަމަ އެފަދަ ޕްރޮކިއުމަންޓްތައް އެވޯޑް ކޮށްފައިވާ ފަރާތުގެ މައުލޫމާތު، އެ ޕްރޮކިއުމަންޓެއް އެވޯޑްކުރެވުނު ތާރީހުން ފެށިގެން ސަރުކާރު ބަންދުނޫން ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަން ޖެހޭނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކޮންމެ މަހެއްގައި އެފަދަ ޕްރޮކިއުމަންޓްތައް އެވޯޑްކޮށްފައިވާ ފަރާތުގެ މައުލޫމާތުވެސް، ދެން ފެށޭ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަން ޖެހޭނެ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް