އަބްދުއްރަހީމް އަބްދުﷲ-
މިނިކާ ބާޒުތަކަށް އައިސް ޕީޕީއެމް ޖަހައެއް ނުގަނެވޭނެ: އަބްދުއްރަހީމް
Share
މިނިކާ ބާޒުތަކަށް ޕީޕީއެމް ޖަހައިނުގަނެވޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
Advertisement

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވަނީ އިދިކޮޅު ކޯލިޝަންގެ ލ. މާވަށު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އަބްދުއްރަހީމް ވިދާޅުވީ ވެރިކަމާއި މަޖިލީހުގެ މެޖޯރިޓީވެސް އެމްޑީޕީއަށް ދެވިއްޖެ ކަމަށެވެ. އަދި މިހާރު އޮތް ކައުންސިލްތަކުގެ މެޖޯރިޓީވެސް އޮތީ އެމްޑީޕީއަށް ކަމަށާއި، އެހެން ނަމަވެސް ރައްޔިތުންގެ ހައްޤުގައި ސަރުކާރަށް ކޮށްދެވުނު ކަމެއްނެތްކަމަށެވެ. 

އަބްދުއްރަހީމް ވިދާޅުވީ ގައުމު ސަލާމަތްކުރުމަށް ރައްޔިތުންގެ އަތުގައި އޮތް ހަމައެކަނި ހަތިޔާރަކީ ލޯކަލް ކައުންސިލް އިންތިހާބު ކަމަށާއި، އަދި އެ އިންތިހާބު ޕީޕީއެމް ޕީއެންސީއަށް ރައްޔިތުން ކާމިޔާބު ކޮށްދޭންޖެހޭ ކަމަށް ވިދާޅުވި އެވެ. 

އަބްދުއްރަހީމް ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވާފަ އެވެ. އަދި ވިދާޅުވީ މިނިކާ ބާޒުތަކަށް ޕީޕީއެމް ޖަހައިނުގަނެވޭނެ ކަމަށެވެ.

"ބައެއް ބޭފުޅުން އެބަ ހީފުޅުކުރައްވާ ހަމަ މަޑުމަޑުން ތިއްބަވާފަ، މާދަމާ ޕީޕީއެމް ތެރެޔަށް ފުންމާލައިގެން ރިޔާސީ ޓިކެޓް ލިބިދާނެއޭ. އަޅުގަނޑު އެބޭފުޅުންނަށް ދަންނަވާލަން ބޭނުންފުޅުވަނީ، ޕީޕީއެމްގެ ރިޔާސީ ޓިކެޓް އޮންނާނީ އަޅުގަނޑުމެން ބޭނުންވާ ފަރާތަށް އަރުވާފައޭ." އަބްދުއްރަހީމް ވިދާޅުވި އެވެ. 

އަބްދުއްރަހީމް ވިދާޅުވީ މިއަދު މަޑުން ތިބުމަށްފަހު އިންތިހާބާއި ކައިރިކޮށް ޕީޕީއެމްއާއި ގުޅުމުން ރިޔާސީ ޓިކެޓް ނުލިބޭނެ ކަމަށެވެ. އަދި އެފަދަ ވިސްނުމެއްގައި މަޖިލީހުގެ ބައެއް މެމްބަރުންނާއި ކޯލިޝަންގެ ބައެއް ފަރާތްތައް ތިބި ކަމަށް ތުހުމަތުކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް