އެ ގުދުރަތީ ހިތްގައިމުކަމުގެ އަސްލަކީ އަޅުގަނޑުމެންގެ ރިވެތި އާދަތަކާއި ސާފުތާހިރު ކަމާއި ގުޅިފައިވާ ކަމެކެވެ. ރާއްޖޭން ބޭރުގައިވެސް އަހަރެމެން ދަންނަނީ މިގޮތަށެވެ. އެއިން މީހެއް ކައިރީ ރާއްޖެ ސިފަ ކޮށްދެން ބުނެފިނަމަ އެންމެ ފުރަތަމަ ވެސް ފަށާނީ ގަދުރަތީ ރީތިކަމާއި ހިތްގައިމުކަމުގެ ވާހަކައިންނެވެ.
އެހެންނަމަވެސް އަސްލު އެހެންތޯއެވެ؟ އެ ގުދުރަތީ ރީތިކަމުގެ ފަހަތުަގައި އޮތީ ހުސްހަނޑިަކަން ކަން އެމީހުންނަށް ނުވިސްނުނަސް އަަރެމެންނަށް އެތަން ފެނި ބާވެއްޖެއެވެ. ހަމަ އެކަނި މިސާލަކަށް މިއޮށް ބޮޑު ފުރަމާލެ ބަލާމާތޯއެވެ. މާލޭގެ އެއްކޮޅުން އެނެއްކޮޅަށް ބުރުޖަހާ ނިންމާލާއިރު ފެންނާނީ ކުނިކޮތަޅުތަކާއި އެނޫންވެސް ކުނިވާ ޒާތުގެ އަދި ކުނިކޮތަޅުތަކުން މުޅި މާލެ ފުރިފައިވާ ތަނެވެ. ކުދިކުދި ގޯޅިތަކުން ފެށިގެން ބޮޑެތި މަގުތަކުގަ ވެސް ހާލަކީ މިއީއެވެ. ތަނެއްގައި ހުސްޖާގައެއް އޮތަސް އެއީވެސް ހަމަ ކުނިއަޅަން އޮތްތަންތަނެވެ.