ads
މިނިސްޓަރު އަބްދުﷲ ޝާހިދު--
މިނިވަން ނޫސްވެރިކަމަށް ހަލުވި ބަދަލެއް އައި މަންޒަރު ރާއްޖެ ވަނީ ދެކެފައި: މިނިސްޓަރު ޝާހިދު
މިނިވަން ނޫސްވެރިކަމަށް ހަލުވި ބަދަލެއް އައި މަންޒަރު ރާއްޖެއިން ދެކިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ވޯލްޑް ޕްރެސް ފްރީޑަމް ކޮންފަރެންސް 2020 ގެ ހަވާސާގައި ބޭއްވި ނޫސްވެރިންގެ ރައްކާތެރިކަމާ ބެހޭ ވަށްމޭޒު ބައްދަލުވުމުގައއި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ, ތަފާތު ހިޔާލުތަކާއި ގިނަ ފިކުރުތަކުގެ ސަބަބުން އެކަހެރިކަން އިތުރުވެފައިވާ ދުނިޔެއެއްގައި ނޫސްވެރިކަމުގެ މިނިވަންކަން މުޖުތަމައުތައް ގުޅުވާލަދީ ބަދަހި ކުރުމަށް މުހިންމު ދައުރެއް އަދާ ކުރާކަމަށެވެ.  

މިނިވަން ނޫސްވެރިކަމުން ސަރުކާރުތައް ޒިންމާދާރުކޮށް، ޑިމޮކްރަސީގެ ހަރުދަނާ އުސޫލުތައް ނެގެހެއްޓުމަށް މަސައްކަތްކުރާ ނޫސްވެރިންނަށް ކުރިމަތިވާ ނުރައްކާތަކާމެދު މިނިސްޓަރު ޝާހިދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ހަމައެއާއެކު، ކޮވިޑް-19ގެ ސަބަބުން ނޫސްވެރިންނަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ނުރައްކާ ކުޑަކުރުމަށްވެސް ގޮވާލެއްވި އެވެ. 

މީގެ އިތުރުން މިނިސްޓަރު ޝާހިދު ވިދާޅުވެފައިވަނީ މިނިވަން ނޫސްވެރިކަމަށް ހަލުވި ބަދަލެއް އައި މަންޒަރު ރާއްޖެއިން ދެކިފައިވާ ކަމަށެވެ. 

"ފާއިތުވި އަހަރުތަކުގައި މިނިވަން ނޫސްވެރިކަމަށް ހަލުވި ބަދަލެއް އައި މަންޒަރު ދިވެހިރާއްޖެ ވަނީ ދެކެފަ. 2018 ވަނަ އަހަރު އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވުމަށްފަހު، ނޫސްވެރިންނަށް ފިއްތުންތަކާއި އުނދަގޫތައް ކުރިމަތި ކުރަމުން ގެންދިޔަ މިނިވަން ނޫސްވެރިކަމާއި ދެކޮޅު ސަގާފަތަށް ނިމުމެއް ގެންނެވި. މިއަދުގެ ސަރުކާރުން ވަނީ ދިވެހިންނަށް ޤާނޫނީ ގޮތުން ލިބިދޭންޖެހޭ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި 2016 އަހަރު ވުޖޫދަށް ގެނެސްފައިވާ އަބުރުގެ ޤާނޫނު އުވާލައި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ޤާނޫނީ ހައިސިއްޔަތު އަލުން އަނބުރައި ހޯދައި ދެއްވާފަ."

ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި އަބުރު ރައްކާތެރިކުރުމާ ހިޔާލުފާޅުކުރުމުގެ ޤާނޫނު އުވާލުމާއި، މަރާލެވިފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަން އެކުލަވާލުމާއި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް އަލުން މެމްބަރުން އައްޔަން ކުރުން މިނިސްޓަރު ޝާހިދު ފާހަގަކުރައްވާފައިވެ އެވެ. 

މީގެ އިތުރުން އިންސާނީ މުޖްތަމައުއަށް ކުރިމަތިވާ ކޮންމެ މައްސަލެއްގެ ހައްލު ހޯދެން އޮތީ އެކުވެރިކަމާއި މަޝްވަރާގެ އުސޫލުންކަމަށްވެސް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް