ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު-- ފޮޓޯ: ރައީސް އޮފީސް
މަސްވެރިކަމަށް 460 މިލިޔަންވުރެ އަގުބޮޑު މަޝްރޫއެއް ރައީސް އިއުލާނު ކުރައްވައިފި
މަސްވެރިންނަށް ކޮވިޑު 19 އާއި ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކުން އަރައި ގަތުމަށް 460 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަޝްރޫތަކެއް އަންނަ އަހަރުތެރޭގައި ހިންގުމަށް ތައްޔާރުވަމުންދާ ކަމަށް ކަމަށް ރައީސް އިބްރާހިމް ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކާރުހާނާ އިތުރަށް ތަރައްގީކޮށް މަސް ރައްކާކުރެވޭ މިންވަރު 3050 ޓަނުން 8000 ޓަނަށް އިތުރުކުރުމުގެ އަމަލީ މަސައްކަތް މި އަންނަ އަހަރުގެ ތެރޭގައި ފެށޭނެކަމަށެވެ. 

 މި ޕްރޮޖެކްޓުގެ ދަށުން ގދ. ތިނަދުއާއި މ. މުލަކުގައި މަސް ގަންނަ މަރުކަޒެއް ގާއިމުކުރުމަށްވަނީ ހަމަޖެހިފައިވެއެވެ. 

މަޝްރޫއުތައް ނިމުމުން މަސްވެރިންގެ ވަރަށް ގިނަ ޝަކުވާތަކަށް ހައްލު ލިބިގެންދާނެކަމަށެވެ.

މި ފެށޭ އަހަރުގެ ތެރޭގައި ދިވެހި މަސްވެރިކަން އިތުރަށް ތަރައްގީކުރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭނެކަމަށާއި އައިސް ލިބުމުގެ ދަތިކަން ފިލުވައިދިނުމަށްޓަކައި  މުޅިން އަލަށް އަޅާ ހަތް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް މި އަންނަ އަހަރު ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

your imageމަސްވެރިންތަކެއް ދޮށީގައި މަސްވެރިކަން ކުރަނީ --

ދޯނިފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތް އިތުރުކުރެވޭނެކަމަށާއި މަސް ކިރުވުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، މަސް ގަންނަ އިތުރު ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތްވެސް މި އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 

މެރިކަލްޗާރްގެ ޒަރީއާއިން މަސްވެރިކަމުގެ ސިނާއަތު ސިންދަފާތުކުރުމުގެ މަސައްކަތް ވެސް، މި އަންނަ އަހަރުގެ ތެރޭގައި އިތުރަށް ހަރުދަނާކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެކެށްކަމަށް ރައީސް ވިދާޅުވިއެވެ.

"ކޮވިޑް 19 ގައި ރާއްޖެފަދަ ވަސީލަތްތައް މަދު ގައުމެއްގައި، އެއް ސިނާއަތެއްގެ މައްޗަށް މުޅި އިގްތިސާދު ބިނާކުރުމުގެ ގެއްލުމާއި ނުރައްކާތެރިކަން ބޮޑުކަން މި އަހަރު އެނގުނު" - ރައީސް ސާލިހު

ކޯވިޑްގެ އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމަށް ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް މިހާރު ފަށާފައިވާފައިވާ ކަމަށާއި މި ދަޑިވަޅުގައި މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކުރުމާއި މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. 

ދިވެހިރާއްޖޭގެ 40 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހީވާގި މަސްވެރިންނަށާއި ކެޔޮޅުންނަށް އަދި ފަޅުވެރިންނަށާއި އޮޑިވެރިންނަށް ރައީސް ވަނީ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވާފައެވެ. 

މަސްވެރިންގެ އާއިލާތަކަށާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހައި ވިޔަފާރިވެރިންނަށާއި ކުންފުނިތަކަށް ވެސް ހެެޔޮއެދުމާއި ތަހުނިޔާ ފޮނުވާފައިވެއެވެ.



38%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް