ads
ވެކްސިން ރައްކާ ކުރާ ފްރީޒަރެއް-
ޖަޕާނުން ވެކްސިން ރައްކާކުރުމަށް 10،500 ފްރީޒަރު ގަންނަނީ
ޖަޕާނުގެ އާބާދީ ކޮވިޑް-19 އިން ރައްކާކުރުމަށް ބޭނުންވާ ވެކްސިން ރައްކާކުރުމަށް 10،500 ޑީޕް ފްރީޒަރައީ ޑްރައި އައިސް ގަންނަން ނިންމާފަވާކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީ އިން ބުނެފި އެވެ.

ޖަޕާނުން ވަނީ މިހާތަނަށް ކޮވިޑް-19 ގެ 290 މިލިއަން ޑޯޒް ގަންނަން ވެކްސިން އުފައްދާ ކުންފުނިތައް ކަމުގައިވާ ފައިޒާ، އެސްޓްރަޒެނިކާ އަދި މޮޑާނާ އެެވެ. 

ފައިޒާގެ ވެކްސިން ރައްކާ ކުރެވޭނީ -75 ޑިގްރީ ސެލްސިއަސް ގައި ކަމަށްވާއިރު މޮޑާނާގެ ވެކްސިން ރައްކާ ކުރެވެނީ -20 ޑިގްރީ ސެލްސިއަސް އެވެ. އެހެން ކަމުން ގައުމުތަކުން ވެކްސިން ރައްކާ ކުރުމުގައި ގިނަ ގޮންޖެހުން ތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

ފައިޒާ އަދި މޮޑާނާ އިން ވެސް ވަނީ ޖަޕާނުގެ ކުންފުނިތަކާއި ގުޅިގެން ވެކްސިން ރައްކާކޮށް ވެކްސިން ޖެހުމުގެ ކަންތަކުގައި ބައިވެރިވާން ނިންމާފަ ކަމަށް އެގައުމުގެ ސިއްހަތާ ބެހޭ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ވެއެވެ.

ޖަޕާނުން މިހާތަނަށް 165،000 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެގައުމުން މަރުވި މީހުންގެ އަދަދު އުޅެނީ 2،417 ގައެވެ. ބުދަ ދުވަހު އެކަނިވެސް އެގައުމުން 2600 އަށް ވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައި ވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް