ads
ރަސްމިއްޔާތުގެ ތެރެއިން
ރިހެބިލިޓޭޝަން ފްރޭމްވޯކް ކޯސްތައް ފުރިހަމަ ކުރި 50 ގައިދީންނަށް ސެޓްފިކެޓް ހަވާލުކޮށްފި
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ފޭސް 3 ގެ ދަށުން އެކި ކޯސްތައް ފުރިހަމަކުރި 50 ގައިދީންނަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.

އެ ޕްރޮގްރާމްގެ ދަށުން ޖުމްލަ 131 ގައިދީން އެކި ކޯސްތަށް ފުރިހަމަކޮށްފައިވާއިރު، މާފުށީ ޖަލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކުރެވިފައިވަނީ މި ވަގުތު ޖަލުގައި ތިބި 50 ގައިދީންނަށެވެ. މީގެ އިތުރުން ހަޔާޑިސްޓިންކްޝަން ހާސިލްކުރި 18 އަންހެން ގައިދީންނަށާއި 20 ފިރިހެން ގައިދީންނަށް ވަނީ މެޑަލް ވެސް ހަވާލުކޮށްފައެވެ.

ރަސްމިއްޔާތު ނިމުމަށް ފަހު، މިނިސްޓާ އޮފް ހޯމް އެފެއާސް އިމްރާން އަބްދުﷲ، އަދި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ އާއި ކޮމިޝަނަރު އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު، ސެޓްފިކެޓް ހާސިލްކުރި ޤައިދީންނާ ވަނީ ބައްދަލުކުރައްވާފައެވެ. 

ދަސްވެނިވި ގައިދީންނަށް މަރުހަބާ ދަންނަވަމުން މިނިސްޓަރު ވިދާޅުވީ ގައިދީން ރިހެބިލިޓޭޓްކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއްކަމަށެވެ. އަދި ޖަލުން ނިކުތުމަށް ފަހު، ލިބުނު ތައުލީމާއި ތަމްރީން އެންމެ އެދެވޭ ގޮތުގައި ބޭނުން ހިފުމަށް މިނިސްޓަރު ބާރުއެޅުއްވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޭއެސްޕީ ރިޒާ ވިދާޅުވީ ސެޓްފިކެޓް ހަވާލުކުރެވުނު އެ ކޯސްތަކަކީ 2016 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ގައިދީންނަށް ހިންގޭ އެންމެ ކާމިޔާބު ޕްރޮގްރާމްތަށް ކަމަށެވެ. އަދި އެ ރަސްމިއްޔާތުގައި ބައިވެރިވި ގައިދީންނަށް ނަސޭހަތްތެރިވަމުން ވިދާޅުވީ މިކަމަކީ މުޖުތަމައުގައި އެމީހުންނާއިމެދު ޖެހިފައިވާ ލައްގަނޑާއި އެމީހުންނާއި ދޭތެރޭ ދެކޭގޮތް ބަދަލުކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަމަށެވެ.

ރިހެބިލިޓޭޝަން ފްރޭމްވާކްގެ މަގްސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް ނުކުންނައިރު އެމީހުންނަކީ މުޖްތަމައު ބަލައިގަންނަ ފަދަ ހިދުމަތްތެރި، މަސައްކަތްތެރި މީހުންނަށް ހެދުމެވެ. މި ފްރޭމްވާކްގައި 4 ފޭސްއެއް އެކުލެވިގެންވެއެވެ. އެއީ ގައިދީންގެ ކިބައިގައި “ޑިސިޕްލިން” ބިނާކުރުމާ އެމީހުންނަށް “ސައިކޮލޮޖީ ޕްރޮގްރާމްތައް” ހިންގުމާ “އެޑިއުކޭޝަން އަދި ވޮކޭޝަނަލް ދަސްކޮށްދިނުމުގެ އިތުރުން “ޕްރިޒަން ކޮމިއުނިޓީ ސާވިސް” އެވެ.

މާފުށީ ޖަލުން ރިހެބިލިޓޭޝަން ފްރޭމްވާކް ރާވާ ހިންގާއިރު، މި ކޯހުގައި ކިޔަވައިދެއްވަނީ އެމްސީއެސް ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް