ads
ލޮނުމެދު-
ލޭ މައްޗަށް ދިޔުމުގެ ހައްލަކީ ލޮނުމެދު
ލޭމައްޗަށް ދިޔުމުގެ ދުނިޔޭގެ ގިން ބަޔަކަށް ކުރިމަތި ވެފައިވާ ސިއްހީ މައްސަލައެކެވެ. އޭގެ ސަބަބުން މީހާ ހިތުގެ ބަލިތަކަށް ހުށަހެޅިގެން ދިއުމުގެ އިތުރުން ސްޓްރޯކް ޖެހުމަށްވެސް މަގު ފަހިވެގެން ދެއެވެ.

ލޭގެ ބަލިތަކަށް ފަރުވާއެއް ގޮތުގައި ޑޮކްޓަރުން ދޭ ބޭސްބޭނުން ކުރުމުން އިންސާނާގެ ހަށިގަނޑަށް ނޭދެވޭ އެތަށް އަސަރުތަކެށް ކުރެއެވެ. މިސަބަބާހުރެ ގިނަ ބަޔަކު ލޭ މައްޗަށް ދިއުމުގެ ފަރުވާއަކަށް ގުދުރަތީ މާއްދާތައް ބޭނުން ކުރަމުން ދެއެވެ. މީގެ ތެރެއިން މީހުން އެންމެ ގިނައިން ބޭނުން ކުރާ އެއްބާވަތަކީ ލޮނުމެދެވެ.

ލޮނުމެދުގައި ގުދުރަތީ ގޮތުން ލޭގެ ޕްރެޝަރަށް ދަށް ކޮއްދޭ މާއްދާތައް އެކުލެވިގެންވާ ކަމަށް ސިއްހީ މާހިރުން ވަނީ އިއްތިފާގުވެއެވެ.

ޒަމާނުއްސުރެ ލޮނުވެދަކީ ލޭގެ ޕްރެޝަރު މައްޗަށް ދާ މީހުން ފަރުވާއެއް ގޮތުގައި ބޭނުން ކުރަމުން އައި ތަރުކާރީއެކެވެ.

ލޮނުމެދާ ބެހޭ ގޮތުން ހެދި ދިރާސާތަކުން ދައްކާގޮތުގައި ލޮނުގެދުގައި ހިމެނޭ އެލިސިން މާއްދަގެ ސަބަބުން ލޭގެ ޕްރެސަރް ދައްވެގެންދެއެވެ. މީގެ އިތުރުން މި މާއްދާ އިން އެންޖިއޯޓިއަންސިން 2 ގެ އުފެއްދުންވެސް މަދުކޮށްދެއެވެ. އެންޖިއޯޓިއަންސިން 2 އަކީ ލޭ ނާރުތަށް ބެދުމަށް މެދުވެރިވާ ސެލް ތަކެކެވެ.

އެލިސިން މާއްދާއިން އިން އެންޖިއޯޓިއަންސިން 2 ގެ ސެލްތައް އުފެދުން ދަށްކުރުމުން ހަށިގަނޑު ތެރޭގައި ލޭ ދައުރުވުން ފަސޭހަވެގެން ދިޔުމުގެ ސަބަބުން  ލޭގެ ޕްރެޝާ އިތުރުވުން ކުޑަގެންދެއެވެ.

ލޮނުމެދުގައު ހިމެނޭ އެންޓި އިންފްލަމެންޓަރީ އަދި އެންޓި އޮކްސިޓަންޓު ގެ މާއްދާތަކުގެ ސަބަބުން އެއީ ލޭ މައްޗަށް ދިއުމުގެ ބަލިތަކަށް ފަރުވާއެއްކަމަށް ސިއްހީ މާހިރުން ދެކެއެވެ.

ލޭގެ ޕްރެޝަރު ދަށް ކުރުމަށް 24 ހަފްތާވަންދެން ލޮނުމެދު ފުއް ބޭނުން ކުރި މީހުން ބުނީ އެމީހުންގެ ލޭގެ ލެވަލް 2.5 އަދި 11.2 މިލިމީޓަރް ތިރިވެފައިވާކަމަށެވެ. އެއީ 600 އަދި 2400 މިލި ގުރާމް ލޮނުމެދު ފުށް ބޭނުންކޮށްގެނެވެ. މީގެ އިތުރުންވެސް ލޮނުމެދު ބޭނުން ކޮށްގެން އެމީހުންގެ ލޭގެ ލެވަލް ދައްވެފައިވާކަމަށް އެތަށް ބަޔަކު ބުނެއެވެ.

ލޮނުމެދަކީ ކާލަން މީރު ތަރުކާރީއަކަށް ނުވިނަމަވެސް ސިއްހަތަށް ވަރަށް ފައިދާހުރި އަދި މީހާގެ ދިފާއީ ނިޒާމު ވަރުގަދަ ކޮއްދޭ ބާވަތެކެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް