ads
ނައިފަރު އަންހެންވެރިން މަހަށް ނުކުމެ:-
ނައިފަރު އަންހެންވެރިން ނުކުމެ 8 ޓަނު މަސް ބާނައިފި
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ޅ. ނައިފަރު ކައުންސިލް އިން ބޭވި މަސްބޭނުމުގެ އިވެންޓެއްގައި އެރަށު އަންހެން ވެރިނެގެ ޓީމެށް 8 ޓަނު މަސް ބާނައިފިއެވެ.

ނައިފަރު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ޝާހިދު އަބްދުﷲ، ސީއެމްއެން އަށް މައުލޫމާތު ދެމުން މިއަދު ވަނީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކައުންސިލްގެ ފަރާތުން ބޭއްވި އިވެންޓެއްގައި އެރަށު އަންހެންވެރިންގެ ޓީމަކުން 8 ޓަނު މަސް ބޭނިކަން ކަށަވަރުކޮށްދީފައެވެ. 

 މީގެ އިތުރުނަވެސް އެހެން ޓީމްތަކުން ވެސް މި އިވެންޓްގައި ވަނީ ބައިވެރިވެލައްވާކަމަށް ކައުންސިލްގެ ނައިބުރައީސް ވިދާޅުވިއެވެ.  

"ހުރިހާ ދޯންޏެއް މަހަށް ފުރީ އިއްޔެ ހަވީރު. މަހަށް ފުރީ ކުލަގަދަކޮށް ސަގާފީ ހަރަކާތް ތަކާ އެކު،"

މިހާރު ބައެއް ދޯނިތަށް މަސްކިރުމަށް ފަހު ނައިފަރަށް އަބުރާ އައްނަމުންދާ ކަމަށް ވެސް މުހައްމަދު ޝާހިދު އަބްދުﷲ ވިދާޅުވިއެވެ. 

ގައުމީ ފެންވަރުގައި މަސްވެރިންގެ ދުވަހެއް ފާހަގަކުރަން ފަށަފައި ވަނީ މީގެ 40 އަހަރު ކުރިންނެވެ. އެދުވަސް ފާހަގަ ކުރަން ފެށީ ރެޔާއި ދުވާލު، އަތްވާއި ވާރޭގައި، މަސްވެރިން ކުރަމުން އައި ބުރަ މަސައްކަތުގެ އަގުވަޒަންކުރުމަށާއި މުޖުތަމައުގައި މަސްވެރިންގެ ގަދަރާއި އިއްޒަތް ހިފެހެއްޓުމުގެ މަގްސަދެއްގައެވެ. ހަމައެއާއެކު، ގައުމުގެ އިގްތިސޯދުގައި މަސްވެރިކަމުގެ ހިއްސާ އިތުރުކުރުމަށްޓަކައި މަސްވެރިންނަށް ހިތްވަރުދީ މަސްވެރިކަމަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުކުރުމަށް ވެސް މެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް