ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު--
ކޮވިޑުން އަރައިގަންނަން މަސްވެރި އުފެއްދުންތައް އިތުރުކުރަން ޖެހޭ: ރައީސް
ކޯވިޑްގެ އިގްތިސޯދީ ގެއްލުންތަކުން އަރައިގަތުމަށް، ގައުމީ ފެންވަރުގައި ފަށާފައިވާ މަސައްކަތްތަކުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކުރަންޖެހޭކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ 40 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ދެއްވި ހިތޯބުގަ އެވެ.

ރައީސް ވިދާޅުވީ މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިގްތިސޯދީ ވަސީލަތައް ހެދުމުގެ ވަގުތު ޖެހިފައިވާ ކަމަށާއި އެގޮތުން ކޮވިޑްގެ ސަބަބުން އިގްތިސޯދީ ގޮތުން ކުރިމަތިވި ދަތިތަކާއެކު، ރާއްޖޭގެ އިގްތިސޯދު ސިންދަފާތުކުރުމުގެ މުހިންމު ކަމަށެވެ. 

އަދި، ކޮވިޑްގެ ފުރަބަންދުގެ ތެރޭގައި މުޅިން ހުއްޓުމަކަށް ނައިސް އޮތީ، މަސްވެރިކަމުގެ ސިނާއަތްކަން ފާހަގަކުރައްވައި، ކޮވިޑްގެ އިގްތިސޯދީ ގެއްލުންތަކުން އަރައިގަތުމަށް، ގައުމީ ފެންވަރުގައި ފަށާފައިވާ މަސައްކަތްތަކުގެ ތެރޭގައި އެ ސިނާއަތް އިތުރަށް ފުޅާކޮށް މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ. 

ރައީސް ވަނީ އަންނަ އަހަރު މަސްވެރިކަން އިތުރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރައްވާނެ ބައެއް މުހިންމު މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން، މަސް ގަންނަ އިތުރު ފެސިލިޓީތައް ގާއިމުކުރުމާއި، އައިސް ލިބުމުގެ ދަތިކަން ހައްލުކޮށްދިނުމަށް މުޅިން އާ ހަތް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ފެށުމާއި، ދޯނިފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތްތައް އިތުރުކުރުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ. 

އަދި މެރިކަލްޗާގެ ޒަރީއާއިން މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަކީވެސް އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ މުހިންމު އަމާޒެއްކަން ރައީސް ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް