މީރާ--
ނޮވެންބަރު މަހު މީރާއަށް ލިބުނު އާމްދަނީ ދަށްވެއްޖެ
Share
ނޮވެންބަރު މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ، މީރާއަށް ބަލައިގަތް އާމްދަނީ 59.9 އިންސައްތަ ދަށްވެއްޖެ އެވެ.
Advertisement

މީރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މީރާއަށް ނޮވެމްބަރު މަހު ލިބިފައިވަނީ 461 މިލިއަން ރުފިޔާއެވެ.

މިދިޔަ މަހުގެ ތެރޭގައި މީރާއަށް ބަލައިގަތް އާމްދަނީގެ %66.9 ނުވަތަ 308 މިލިއަން ރުފިޔާ ހިއްސާކުރަނީ ޖީއެސްޓީ އަށެވެ. އެއީ މީރާއިން ބަލައިގަތް އެންމެ ބޮޑު އާމްދަނީ އެވެ. ދެ ވަނަ އަށް 42 މިލިއަން ރުފިޔާ އާއެކު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. މީގެ އިތުރުން ރެސިޑެންޓް ޕާމިޓްގެ ގޮތުގައި 19 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި 16.49 މިލިއަން ރުފިޔާ، ބީޕީޓީގެ ގޮތުގައި 11.33 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 63.13 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ބުނެއެވެ.

މިދިޔަ މަހުގެ ތެރޭގައި ބަލައިގަތް އާމްދަނީގެ ތެރޭގައި 11.26 އެމެރިކާ ޑޮލަރުވެސް ހިމެނޭކަމަށް މީރާއިން ބުނެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރު މަހު މީރާއަށް ބަލައިގަތް އާމްދަނީ 59 އިންސައްތަ ދަށްވި މައިގަނޑު ސަބަބެއްކަމަށް އެ އިދާރާއިން ބުނީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު މަދުވުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ހަރަކާތްތައް ދަށްވުމެވެ.

އޭގެ ސަބަބުން ފަތުރުވެރިކަމުން ދައުލަތަށް ލިބުނު އަމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މިގޮތުން ޖީއެސްޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީވެސް ވަނީ ދަށްވެފަ އެވެ. އަދި މިއަހަރުގެ ނޮވެމްބަރު މަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީވެސް ދައުލަތަށް ލިބިފައި ނުވުމަކީ އާމްދަނީ ދަށްވި ސަބަބެއްކަމަށް މީރާއިން ބުނެ އެވެ.



100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް