ads
އެމެރިކާއިން ރާއްޖެއާއި ލަންކާ އަށް ކަނޑައަޅުއްވާފައިވާ ސަފީރު އަލައިނާ ބީ ޓެޕްލިޒް
އެމެރިކާއިން އައިސީޔޫގައި ބޭނުންކުރާނެ ސާމާނު ހަދިޔާކޮށްފި
ރާއްޖެ އިން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމެރިކާގެ ސަފީރު އެލައިނާ ބީ ޓެޕްލިޒް މިނިސްޓްރީ އޮފް ހެލްތު އަދި އެމްއެންޑީއެފް އަށް އައިސީޔޫގައި ބޭނުންކުރާ ސާމާނުތައް ހަދިޔާކޮށްފި އެވެ.

އައިސީޔޫގައި ބޭނުންކުރުމަށް އެމެރިކާގެ ސަފީރު ހަދިޔާކުރެއްވި ސާމާނުތަކުގެ ތެރޭގައި 40 އޮކްސިޖަން ކޮންސެންޓްރޭޓާސް ހިމެނޭ ގޮތަށް 165،000 އެމެރިކާ ޑޮލަރުގެ ސާމާނު ހަދިޔާކޮށްފައިވެ އެވެ.

ރާއްޖޭއަށް ފޯރުކޮށްދެވުނު މި އެހީތެރިކަމުގެ ސަބަބުން ކޮވިޑް-19 އާއި ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް އެހީވުމުގެ އިތުރުން، އެމެރިކާއިން ވެންޓިލޭޓަރުތަކާއި އެކުގައި ކުރިން ހަދިޔާކޮށްފައިވާ ޕޯޓަބަލް އޮކްސިޖަން ނިޒާމުގެ ސަބަބުން ސިއްހީ އެހީތެރިންގެ މަސައްކަތްތައް ފަސޭހަވެގެންދާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.

"އަނެއްކާވެސް އެމެރިކާއިން މިވަނީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްދޭ ފަރާތްތަކުން، ކޯވިޑް19 އިން ރައްކާތެރިވުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އިތުރު އެހީއެއް ފޯރުކޮށްދީފައި. މިއެހީއަކީ ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރުވި ބޮޅެއް" އެމެރިކާގެ ސަފީރު ޓެޕްލިޒް ވިދާޅުވި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމެރިކާ އިން ރާއްޖެއަށް އެންމެ ފަހުގެ ޒަމާނީ 60 ވެންޓިލޭޓަރު ހަދިޔާކޮށްފައިވާ އިރު، މި އެހީތެރިކަމުގެ ސަބަބުން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ފުރާނަތައް ސަލާމަތްކުރުމަށް ފަސޭހަވެގެން ދާނެ ކަމަށް ސަފީރު ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އިޖުތިމާއީ ހިދުމަތްތައް ވަރުގަދަކުރުމަށާއި އިގުތިސާދީ ކާރިސާތަކަށް އިޖާބަދިނުމުގައި އެހީތެރިވުމުގެ ގޮތުން އެމެރިކާއިން ވަނީ ރާއްޖެއަށް ގާތްގަނޑަކަށް ތިން މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް