ads
އިބްރާހީމް ޝުޖާއު--
ރައީސް ސޯލިހްގެ ސަރުކާރުގައި އަންނަ އަހަރަކީ ބޮޑު ތަދުގެ އަހަރު: ޝުޖާއު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އަންނަ އަހަރަކީ ބޮޑު ތަދުގެ އަހަރު ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މާލެއާއި ހއ. ބާރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ މި ސަރުކާރުގެ އޯގާތެރިކަމާއި އިންސާފާއި އަދުލު ފެށިގެން އަންނަނީ ފްލެޓްތަކުގެ މައްސަލައިން ކަމަށެވެ. އެގޮތުން މިސަރުކާރުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބެލި އިރު ބޮޑެތި ގޯސްތައް ހަދާފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި ފްލެޓް ދިނުމުގައި އިންސާފުވެރިކަމާއި އެކު ފެލްޓްތައް ނުދޭނެ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19ގެ މި ދަތިހާލުގައި ސަރުކާރުން ކުރީ ވައްކަން ކަމަށާއި، އަންނަ 2021 ވަނަ އަހަރަކީ ތަދު އަހަރަކަށް ވާނޭ ކަމަށް ޝުޖާއު ވިދާޅުވި އެވެ. 

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އަންނަން އޮތް 2021 ވަނަ އަހަރަކީ ބޮޑު ތަދުގެ އަހަރު."

އެގޮތުން ޝުޖާއު ވިދާޅުވީ މިއީ އޯގާތެރި ސަރުކާރެއްކަން ދެއްކުމަށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް މިސަރުކާރުން ގިނަ ކަންތައްތަކެއް ކުރަމުން އަންނަކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާނޭ ބަޔަކީ ޕީޕީއެމްގެ ކެނޑިޑޭޓުން ކަމަށެވެ. އަދި ޕީޕީއެމްގެ ފަރާތުން ކުރިމަތިލާފައި ބައެއް ކެނޑިޑޭޓުން ސަސްޕެންޑް ކުރަމުން އަންނަކަމަށާއި ސަރުކާރާއި ދެކޮޅަށް ހިޔާލުފާޅުކުރާ ފަރާތްތައް ވަޒިފާއިން ސަސްޕެންޑް ކުރަމުން އަންނަކަމަށް ޝުޖާއު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް