ads
ވެމްކޯގެ މުވައްޒަފުންތަކެއް ކުނި ނެގުމުގައި ހަރަކާތްތެރިވަނީ-- ފޮޓޯ: ވެމްކޯ
ދަންވަރަށް ކުނި ނެރެން ޖެހޭ ގޮތަށް ބަދަލުކުރަނީ
މުޅި ދުވަހު ކުނިކޮތަޅުތައް މަގުމަތީގައި ހުންނަ މައްސަލައަށް ހައްލެއް ހޯދުމަށް ގޭބިސީތަކުން ދަންވަރު ކުނި ނެރެން ޖެހޭ ގޮތަށް ބަދަލު ގެންނަން ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން މާލޭ ސަރަހައްދުގެ ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތްކުރަމުން އަންނަ ވެމްކޯ އިން އެ މަަސައްކަތް ކުރަމުން އަންނަނީ ކޮންމެ ދުވަހެއްގެ ވެސް މެންދުރު 12:00 އާއި 2:00 އާ ދެމެދުގަ އެވެ.

އެކަމަކު އެ ވަގުތަށް ގޭގެއިން ކުނި ކޮތަޅުތައް މަގުމައްޗަށް ނެރެފައި ހުއްޓަސް، ކުނި ނެގުމުގައި ގިނައިރުތަކެއް ވެ އެވެ. މިގޮތަށް މިކަން ދިމާވެ އާންމުންގެ ކަންބޮޑުވުން އިތުރުވެފައިވަނިކޮށް މޭޔާ ސިފާ މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުނި ކޮތަޅުތައް މަގުމަތީގައި މުޅި ދުވަހު ގިނަވެފައި އޮންނަ އޮތުން ބަދަލުކޮށް، ފަތިސް ވަގުތަށް މަގުތައް ސާފުކޮށް ބޭއްވުމަށް ކައުންސިލާއި ވެމްކޯ ތައްޔާރުވެފައިވާ ކަމަށެވެ. 

އެހެންނަމަވެސް އެ ބަދަލަށް އަމަލުކުރަން ފަށާނެ ދުވަހެއް މޭޔާ ހިއްސާއެއް ނުކުރައްވަ އެވެ. މޭޔާ ފޯނު ނުނަންގަވާތީ އެ ތައްޔާރީތަކުގެ އެންމެ ފަހުގެ މައުލޫމާތު ވެސް ލިބޭ ގޮތެއް ނުވި އެވެ. 

މިހާރު ކަނޑައަޅާފައިވާ ގޮތަށް ކުނި ނުނެގި ގިނައިރުތަކެއްވަމުންދާއިރު މަގުތަކުން ފެނިގެންދަނީ ބުޅާތައް ހޮތަޅު ހާވާއި މަގުތަކަށް ކާބޯތަކެތި އަޅާފައި އޮންނަ މަންޒަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް