ads
އެޗްޑީސީ އާއި ޗިލްޑްރަން އޮފް މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން---
ރަށްރަށުގެ އޮޑި ހަރުގެއިން މިސާލު ނަގައިގެން ހުޅުމާލެ ބީޗުގައި ހަޓެއް!
ހުޅުމާލޭގެ ރަށްވެހިންނަށް ހާއްސަކޮށް ކުޑަކުދިންނަށް ގުދުރަތީ މާހައުލެއްގައި ވާހަކަ ކިއުމަށާއި ފޮތްގާޑިއާގެ ފަރާތުން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް ހަޓެއް އެޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި (އެޗްޑީސީ) ޗިލްޑްރަން އޮފް މޯލްޑިވްސް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޗިލްޑްރަން އޮފް މޯލްޑިވްސް އަކީ ހުޅުމާލޭގެ ރަތްޔިތުންނާއި ކުޑަކުދިން ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ވާހަކަ ކިއުމާއި ތަފާތު ހަރަކާތްތައް ހިނގުމަށް ފޮތްގާޑިއާ ހިނގަމުންއަންނަށް ބަޔެކެވެ. ފޮތްގާޑިއާ އަކީ ހުޅުމާލޭގެ ރަތްޔިތުން ހާއްސަކޮށް ކުޑަކުދިންގެ މެދުގައި ވަރަށް ފުރިހަމަ މަގުބޫލުކަމެއް ހޯދާފައިވާ ހަރަކާތެކެވެ. 

ޗިލްޑްރަން އޮފް މޯލްޑިވްސްއިން ތަރައްގީކުރުމަށް ހަމަޖެހިފައިވާ އެ ހަޓު ފަރުމާކުރެވިފައިވަނީ ރާއްޖޭގެ ސަގާފަތާއި
އިހުޒަމާނުންސުރެއް ރަށްރަށުގެ އަތިރިމަތީގައި ހަދާފައި ހުންނަށް އޮޑި ހަރުގެއިން މިސާލު ނަގައިގެން ކަމަށާއި އެ ހަޓު ހެދުމަށް ހަމަޖެހިފައިވާނީ ބީޗް ސަރަހައްދުގެ މާހައުލާއި ގުޅިގެން ދާނެހެން ކަަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ. އަދި އެތަން ތަރައްގީކުރުމުގައި އެޗްޑީސީގެ ސީއެސްއާރް ކޮންޕޯނަންޓެއްގެ ގޮތުގައި މަސައްކަތްތަކައް ކުރުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފަވާކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

އޭގެ އިތުރުން، އެ ހަޓުގައި ފޮތްގާޑިއާގެ ފަރާތުން ހަފުތާތަކަށް ބަހާލައިގެން ކުޑަކުދިންނާއި އިސްރަށްވެހިންނާއި ގުޅުން ހުރި ތަފާތު އަތްތެރި މަސައްކަތް ދަސްކޮށްދިނުން ފަދަ ހަރާކާތްތަށް ހިންގުމަށް ވަނީ އެއްބަސްވެފައެވެ.

އެޗްޑީސީން ބުނީ އެ ހަޓް އެޅުމަށް ނިންމާފައިވަނީ، ޗިލްޑްރަން އޮފް މޯލްޑިވްސް އަށް މިހާރު ފޮތްގާޑިއާ ހިންގުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދީ ހުޅުމާލޭގެ ރަށްވެހިންނަށް ހާއްސަކޮށް ކުޑަކުދިންނަށް ގުދުރަތީ މާހައުލެއްގައި ވާހަކަ ކިއުމަށާއި ފޮތްގާޑިއާގެ ފަރާތުން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް އެހީވުމުގެ ގޮތުން ކަމަށެެވެ.

މިއަދު އެޗްޑީސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޗިލްޑްރަން އޮފް މޯލްޑިވްސްގެ ފަރާތުން އާމިނަތު އިނާޝާ ސައީދު އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޝުހެއިލް އަހްމަދެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް