ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް-- ފޮޓޯ: ރައީސް އޮފީސް
މަސްވެރިކަމަށް ދިމާވެފައިވާ މައްސަލަތައް ރައީސް ހައްލުކޮށްދެއްވާނެ: ގާސިމް
މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ދަންނަވަމުން ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން އިގްތިސާދަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި، މަސްވެރިމަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދެއްވަން ރައީސް ސޯލިހު އާއި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. 

ގާސިމްގެ ޓްވީޓުގައި އެމަނިކުފާނު ވަނީ މަސްވެރިންނާއި މަސްވެރި އާއިލާތަކަށް ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ދަންނަވާފައެވެ. 

މަސްވެރިންގެ ދުވަހާއި ގުޅިގެން ރައީސް ސޯލިހު ދެއްވި ހިތާބުގައި އެކަނިކުފާނު ވަނީ، އަންނަ އަހަރު މަސްވެރިކަން އިތުރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރައްވާނެ ބައެއް މުހިންމު މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން، މަސް ގަންނަ އިތުރު ފެސިލިޓީތައް ގާއިމުކުރުމާއި، އައިސް ލިބުމުގެ ދަތިކަން ހައްލުކޮށްދިނުމަށް މުޅިން އާ ހަތް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ފެށުމާއި، ދޯނިފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތްތައް އިތުރުކުރުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ.  

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް