ads
ލޮނުޒިޔާރާތް ޕާކަށް ޒިޔާރާތްކުރި 50000 ވަނަ މީހާއަށް މަރުހަބާ ކިޔަނީ---
ލޮނުޒިޔާރާތް ޕާކަށް އެއްމަސް: 50 ހާސްވަނަ މިހާ ޒިޔާރަތްކޮށްފި
ލޮނުޒިޔާރަތް ޕާކަށް ޒިޔާރާތްކުރި 50 ހާސްވަނަ މިހާއަށް މިއަދު މަރުހަބާ ކިޔައިފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އާއްމުކޮަށް އެއްވެ އުޅޭތަންތަން ބަންދުކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން މާލޭ ސީޓީގެ ޕާކުތަކާއި މައިޒާންތައް ވެސް އޮތީ ބަންދުކޮށްފަ އެވެ. އެހެންނަމަވެސް މިހާރު ރާއްޖެއިން ކޮންމެ ދުވަހަކު ފެންނަ ކޮވިޑްގެ ކޭސްތައް މަދުވަމުން ދިއުމާއި ގުޅިގެން އެޗްޕީއޭއިން އޭރު އަޅާފައިވާ ގިނަ ފިޔަޅުތަކަކަށް މިހާރު ވަނީ ލުއިި ދީފައެވެ.

އެޗްޕީއޭއިން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކުގެ ތެރެއިން ހަތަރުކަމަކުން ލުއި ދީފައިވާއިރު ގައިޑްލައިންތަކާ އެއްގޮތަށް، ޕާކުތަކާއި މައިޒާންތަކާއި ދާރުލް އާސާރުތަކާ އާންމުން އެއްވެ އުޅޭ ތަންތަން ހުޅުވައިލުމަށް އެޗްޕީއޭއިން އޮތީ ހުއްދަދީފައެވެ. 

އެގޮތުން ލޮނުޒިޔާރާތްކޮޅުގައި ތަރައްގީކުރި ޕާކުވެސް ވަނީ މިމަހުގެ 11 ވަނަ ދުވަހު ވަނީ އާއްމުންނަށް ހުޅުވާފައެވެ. އެ ޕާކު ހުޅުވާލުމާއިއެކު ޕާކަށް ގިނަ އަދަދެއްގެ އާއްމުން މިހާރު ދަނީ ޒިޔާރާތްވެސް ކުރަމުންނެވެ. މިއަދު ޕާކު ހުޅުވިތާ އެއް މަސް ފުރުނުއިރު މިއަދަު ޕާކަށް 50،000 ވަނަ މީހާ ވަނީ ޒިޔާރާތްކޮށްފައެވެ. 

ޕާކު ހުޅުވާލިތާ އެއްމަސް ފުރުން ފާހަގަކުރުމަށް ސިޓީ ކައުންސިލުން ވަނީ ޕާކަށް ޒިޔާރާތްކުރި 50،000 ވަނަ މީހާއަށް މަރުހަބާ ކިޔާފައެވެ. ޕާކަށް ޒިޔާރާތްކުރި 50،000 ވަނަ މީހާއަކީ ގ. ހިންމަސް ހައްވާ އާދަމް އެވެ. އެ އާއިލާއަށް މަރުހަބާ ކިޔތާފައިވަނީ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު އާއި ކައުންސިލްގެ މެންބަރު އަހްމަދު ޒަމީރް އެވެ. ސިޓީ ކައުސިލުން ވަނީ ޒިޔާރާތްކުރި އާއިިލާއަށް ހަދިޔާއެއްގެ ގޮތުން ގޭގައި ހެއްދޭނެ ގޮަތަށް ގަސް ހަދިޔާކޮށްފައެވެ. އަދި އާއްމުންގެ ފަރާތުން ޕާކަށް ލިބެމުންދާ ލޯތްބައް ސިޓީ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ. 

your imageލޮނުޒިޔާރާތް ޕާކަށް ޒިޔާރާތްކުރި 50000 ވަނަ މީހާއަށް މަރުހަބާ ކިޔަނީ---

ބޮޑު މިނުގައި 2.5 ހެކްޓަރުގެ އެ ޕާކު ހުޅުވިއިރު އެތަނުގެ އެކި ތަންތަނަށް ވަނީ ހާއްސަ ނަންތަކެއް ވެސް ދީފަ އެވެ. އެގޮތުން ހޭޅި، އާއި މާމެލާމެލި އަދި މެދުބަގީޗާ އާއި ކަސްރަތު ފެއްސާއި ފާލަން އައްސޭރި އާއި ވަރުނުލާ ރާޅުގެ އިތުރުން އުސް ބަގީޗާ އާއި ފެންއާރުގެ ނަން އެކި ސަރަހައްދުތަކަށްދީފައިވެ އެވެ. 

މާލޭކޮޅުން ސިނަމާލޭ ބްރިޖަށް އަރާއި ދިމާލުގައި ތަރައްގީކޮށްފައިވާ އެ ޕާކުގައި ވަނީ ގިނަ އަދަދެއްގެ ގަސް އިންދާ ފެހިކޮށްފަ އެވެ.

ވަރަށް ހިތްފަސޭހަ ގޮތަކަށް ހަދާފައިވާ އެ ޕާކުގައި ޕޮންޑަކާއި ހިލް އެއްވެސް ހިމެނެ އެވެ. އަދި ޕާކުގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ބެންޗުތައް ވެސް ބަހައްޓާފައިވެ އެވެ. އަދި ޕާކު ވަށައިގެން ކަސްރަތަށް ދުވެވޭ ގޮތަށް ލޭނެއް ވެސް ހަދާފައިވާއިރު ޕާކުގެ ވަކި ސަރަހައްދެއް ވަނީ ކަސްރަތުކުރުމަށް ހާއްސަ ވެސް ކޮށްފަ އެވެ. 

އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފަސޭހައިން ފުރޮޅުލީ ގޮނޑީގައި ވެސް އުޅެވޭ ގޮތަށް ލޭނެއް ހަދާފައިވެ އެވެ. އަދި އުނދޯންޏާއި ހޮޅުއަށި ވެސް އެތަނުގައި ހަދާފައިވާއިރު ފާހާނާ ބަރިއެއް ވެސް ހުންނާނެ އެވެ. 

 16.8 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްގެން ތަރައްގީކުރި އެ ޕާކަކީ ސިޓީ ކައުންސިލަށް ވެސް އެތައް ތަޖުރިބާއެއް ލިބިގެންދިޔަ މަސައްކަތެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް