ads
ެއެލެން ޑިޖެނެރަސް--
އެލެން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
އެމެރިކާގެ މަޝްހޫރު ޓީވީ ހޯސްޓް އަދި ކޮމެޑިއަން އެލެން ޑިޖެނެރެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ކޮވިޑަށް ޕޮޒިޓިވްވި ވާހަކަ އެލެން ވަނީ ޓްވިޓާ މެދުވެރިކޮށް ފޭނުންނާ ހިއްސާކޮށްފަ އެވެ. 

އެލެން ބުނީ އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށާއި، އޭނާ އާއި ކޮންޓެކްޓްވި މީހުންގެ ސަމާލު ކަމަށް އެކަން ގެނެސްފައިވާ ކަމަށެވެ. އަދި އޭނާ ސެންޓާ ފޯ ޑިސީސް ކޮންޓްރޯލް ސީޑީސީގެ ގައިޑްލައިންތަކަށް އަމަލު ކުރަމުން އަންނަ ކަމަށް ވެސް އެލެން ފާހަގަކުރި އެވެ. 

ކޮވިޑް-19 އަށް އޭނާގެ "ދަ އެލެން ޑެޖެނެރެސް ޝޯ" މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ވަނީ ފަށާފަ އެވެ. އަދި ޝޯ ފަށައިގެން ކުރިއަށްދަނީ އޯޑިއަންސް ކުޑަކޮށް ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅައިގެންނެވެ. އެހެން ނަމަވެސް އެލެންއަށް ކޮވިޑް ޖެހިފައިވަނީ އެ ޝޯގެ ތެރެއިން ކަމަށް ވަނީ ބެލެވިފަ އެވެ.

"ދަ އެލެން ޑެޖެނެރެސް ޝޯ" 2003 ވަނަ އަހަރު ދައްކަން ފެށި ފަހުން ވަނީ އެ ޝޯއަށް 60 އަށް ވުރެ ގިނަ އެމީ އެވޯޑު ލިބިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް