ads
ނައިބު ރައީސް ރާއްޖޭގެ ދެކުނަށް ފުރާ ވަޑައިގަތުން--- ފޮޓޯ: ރައީސް އޮފީސް
ނައިބު ރައީސް ރާއްޖޭގެ ދެކުނަށް ފުރާވަޑައިގެންފި
އެއް ދުވަހުގެ ދަތުރުފުޅެއްގައި ނައިބު ރައީސް ފައިސަލް ނަސީމް ދެކުނުގެ އަތޮޅުތަކަށް ފުރާވަޑައިގެންފި އެވެ.

ދެކުނުގެ އަތޮޅުތަކަށް ކުރާ ދަތުރުފުޅުގައި ނައިބު ރައީސް މިއަދު އައްޑޫ ސިޓީގެ ބައެއް ރަށްތަކަށާއި، ފުވައްމަލަކަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

ނައިބު ރައީސް އެންމެ ފުރަތަމަ އައްޑޫ ސިޓީއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ އިރު، އެންމެ ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށެވެ. ހިތަދޫގައި ހުންނަ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން އެ ހޮސްޕިޓަލްގެ އިސްވެރިންނާއި ނައިބު ރައީސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެއަށްފަހު އައްޑޫ ސިޓީގެ ހުޅުދޫ-މީދޫ ގައި އަޅާ ޑީޓޮކްސިފިކޭޝަން ސެންޓަރުގެ ބިންގާ އެޅުއްވުމަށް ނައިބު ރައީސް ހުޅުދޫ-މީދޫ އަށް ވަޑައިގަންނަވާނެ އެވެ.

އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅު ނިންމަވައިލުމަށް ފަހު ނައިބު ރައީސް ފުވައްމަލަކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ އިރު، އެ ސިޓީގައި ހުންނަ ވެމްކޯގެ ވޭސްޓް ކަލެކްޝަން ސެންޓަރު ބައްލަވައިލެއްވުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން އެ ސިޓީގައި އެމްޓީސީސީ އިން ކުރިއަށް ގެންދާ މަގު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށްފަހު، ފުވައްމުލަކު ސިޓީގެ ހޮސްޕިޓަލަށް ވަޑައިގެން އެ ހޮސްޕިޓަލްގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގެ ދެކުނަށް ކުރައްވާ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު، މިއަދު ހަވީރުގެ ވަގުތެއްގައި ނައިބު ރައީސް އަނބުރާ މާލެ ވަޑައިގަންނަވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް