ads
އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސައިން -- ފޮޓޯ: އިމިގްރޭޝަން
އިތުރު އުންމީދަކާއި އެކު، ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ތަރައްގީ ވަމުން: ހަނަފީ
އިތުރު އުންމީދަކާއި، އާ އަޒުމަކާއި، އުފެއްދުންތަކަކާއި އެކު ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީ ވަމުން އަންނަ ކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެ އެވެ.

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އައި އެއްލައްކަ ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިއުމަކީ އުފާވާ ކަމެއްކަން ފާހަގަކުރައްވައި، ހަނަފީ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ މިހާރު ކުރިމަތިވެފައިވާ ދަތި ދަނޑިވަޅުން އަރައިގަންނަމުން ކަމަށާއި، އިތުރު އުންމީދަކާއި، އާ އަޒުމަކާއި، އުފެއްދުންތަކަކާއި އެކު ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ދުވަހުން ދުވަހަށް ތަރައްގީ ވަމުން ކަމަށެވެ.

މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެެރިވާ ހުރިހާ ފަރާތްތަކުން ގުޅިގެން ހޯދި ކާމިޔާބީއެއްކަން ފާހަގަކުރައްވައި ހަނަފީ ވިދާޅުވީ މިފަދަ ދަތި ދަނޑިވަޅެއްގައިވެސް ގުޅިގެން މަސައްކަތްކޮށްފި ނަމަ، އެތައް ކަންތައްތަކެއް ހާސިލްކުރުމަކީ ފަސޭހަކަމެއް ކަމަށެވެ.

"ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްާކުރައްވާ ހުރިހާ ފަރާތްތަކުން މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިފަދަ ބޮޑު ކާމިޔާބީއެއް ހާސިލްކުރުމަށްޓަކައި ކުރި މަސައްކަތް އަޅުގަނޑު ދެކުނިން. އަދި މީގެން ދޭހަވާ ކަމަކީ، މިފަދަ ނާޒުކު ދަނޑިވަޅެއްގައި ވެސް އަޅުގަނޑުމެން އެކުއެކީގައި މަސައްކަތްކުރުމުން މިކަހަލަ އެތައް ކަމެއް ހާސިލްކުރެވޭނެކަން" - ހަނަފީ ވިދާޅުވިއެވެ.

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެއް ލައްކަ ފަތުރުވެރިން އައިސްފައިވާ އިރު، ސަރުކާރުން އަންދާޒާކޮށްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން މި މުއްދަތުގައި އެއްލައްކަ ފަތުރުވެރިން ހަމަވާނެ ކަމަށެވެ.

އިމިގްރޭޝަނުން ވަނީ ދާދިފަހުން ފަތުރުވެރިންނަށް އަމާޒުކޮށްގެން "މޯލްޑިވްސް ބޯޑާ މައިލްސް" ގެ ނަމުގައި ފަތުރުވެރިންނަށް ހާއްސަ ލޯޔަލްޓީ ޕްރޮގްރާމެއް ތައާރަފްކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް