ads
މ.ކޮޅުފުށީ
ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ތިން މީހަކު ފިހިއްޖެ
ކަނޑުމަތީގައި ހިނގި އަލިފަނުގެ ހާދިސާއެއްގައި ތިން މީހަކު ފިހިއްޖެ އެވެ.

އެމްއެންޑީއެފްއިން ބުނީ، މ. ކޮޅުފުށިން 26 މޭލު ބޭރުގައި އޮތް މަސްދޯޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 3 މީހަކަށް ޒަހަމްވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. 

މިހާދިސާ ހިނގާފައިވަނީ މ.ކޮޅުފުށީ "ވިލާ ވާލި 13" ނަމަކަށް ކިޔާ ދޯނީގައި ހުރި ޕެޓްރޯލް ހަމެއްގައި އަލިފާން ރޯވެގެންނެވެ. އަދި ޒަހަމްވި މީހުން މިހާރު، ފަރުވާ ދިނުމަށް މ. މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ. 

މިއަދު ހެނދުނު 9:00 ހާއިރު އެކަމުގެ ރިޕޯޓް ލިބުނުއިރު މިހާރު ސީއެމްބިއުލާންސްގައި އެމީހުން ނަގައިގެން އެ ހޮސްޕިޓަލަށް ދަތުރުކުރަމުންދާ ކަމަށް ވެސް ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް