ads
ޑރ. މުހައްމަދު މުއިއްޒު--
ކެމްޕެއިން ކުރަން ހަމަހަމަ ފުރުސަތު ނެތުމުން މުއިއްޒު އަނެއްކާވެސް ކަންބޮޑުވެއްޖެ
ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގައި ހަމަހަމަ ފުރުސަތު ނެތްކަމަށްބުނެ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް ކަނބޮޑުވުން ފާޅުކުރައްވައިފި އެވެ.

މިފަހަރުގެ އިންތިހާބުގައި މާލެ ސިޓީ މޭޔަރުކަމަށްވެސް ވާދަކުރައްވާ މުއިއްޒު ވިދާޅުވީ އެމްޑީޕީގެ ކެނޑިޑޭޓުން ކެމްޕެއިން ކުރަމުންދާ ކަމަށާއި، ނަމަވެސް މިހާލަތުގައި ދޮރުން ދޮރަށް ކެމްޕެއިން ކުރުންފަދަ ކަންކަމަކީ ގާނޫނީ ގޮތުން މަނާކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. 

މިހެން ފާހަގަކުރައްވައި، އިލެކްޝަން ކޮމިޝަނާއި އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްގެ އިތުރުން އެޗްޕީއޭ ޓެގް ކުރެއްވުމަށްފަހު މުއިއްޒުވަނީ، ޑޯޓުޑޯ ކެމްޕެއިން ކުރުން ހުއްދަތޯ ސުވާލު އުފައްދާފައެވެ. އަދި މުއިއްޒުވަނީ އެމްޑީޕީ ކެނޑިޑޭޓުން ކެމްޕެއިން ކުރައްވަމުން ގެންދަވާތީ ކެމްޕެއިން ކުރުމުގައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ގޮވާލައްވާފައެވެ. 

ލޯކަލް ކައުންސިކަތުގެ އިންތިހާބަށް ކެމްޕެއިން ކުރުމުގައި ހަމަހަމަ ފުރުސަތު ނެތްކަމަށްބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. ހާއްސަކޮށް އިދިކޮޅުގެ އެންމެ ބޮޑު ޝަކުވާއަކީ ކެމްޕެއިން ކުރުމަށް އަތޮޅުތެރެއަށް ނުދެވޭ މައްސަލައެވެ. 

މީގެއިތުރުން އިދިކޮޅުން އަންނަނީ، ސަރުކާރުގެ އިސްވެރިން އެކިއެކި ކަންކަމުގައި އަތޮޅުތެރެއަށް ވަޑައިގަންނަވާކަން ފާހަގަކޮށް އެއީ އެކި ނަންނަމުގައި ކެމްޕެއިން ކުރުމަށް ކުރައްވާ މަސައްކަތެއްކަމަށް ސިފަކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް