ads
ރައީސް ނަޝީދު އަދި ޗައިނާ ސަފީރު--
ގްރޭސް ޕީރިއަޑްގެ ގޮތުގަ އިތުރު ދެ އަހަރު ނުލިބޭނަމަ ދަރަނި އަނބުރާ ނުދެއްކޭނެ: ނަޝީދު
ލޯނު އަނބުރާ ދެއްކުމަށް ގްރޭސް ޕީރިއަޑްގެ ގޮތުގައި ދެ އަހަރު ބޭނުންވާ ކަމަށާއި ނޫންނަމަ ލޯނުތައް އަނބުރާ ނުދެއްކޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތަކާ ގުޅޭ "ހޯމްވޯކް" ހަދައިފިން ކަމަށާއި މި އަހަރު ދައްކަން ޖެހެނީ 1.7 މިލިއަން ޑޮލަރު ކަމަށް ޗައިނާ ސަފީރު ޖާންގް ލިޖޯންގް ވިދާޅުވި ޓްވީޓް ރީޓްވީޓް ކުރައްވަމުންނެވެ. 

އެ ހިސާބުތައް ސަފީރަށް ހިއްސާކުރައްވަން ޖެހުނީ އިއްޔެ ރައީސް ނަޝީދު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. ނަޝީދު ވިދާޅުވީ ކުރިއަށް އޮތް 14 ދުވަހު ޗައިނާގެ ބޭންކްތަކަށް ރާއްޖެއިން 15 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. ނަމަވެސް މައުލޫމާތު ސާފު ކުރެއްވުމަށް ފަހު ސަފީރު އެކަން ދޮގުކުރެއްވި އެވެ. 

މިއަދު ރައީސް ނަޝީދު ވަނީ، ރާއްޖެއިން ޗައިނާގެ ގުޅުމަށް އިހުތިރާމްކުރާ ކަމަށް ވިދާޅުވެފަ އެވެ. އަދި ބޭނުންވެލައްވަނީ ދަރަނީގެ މައްސަލައަށް އަވަސް ހައްލެއް ކަމަށް ވިދާޅުވެ ނަޝީދު ވަނީ ރާއްޖެއިން ދަރަނި ދެއްކުމަށް ގްރޭސް ޕީރިއަޑްގެ ގޮތުގައި އިތުރު ދެ އަހަރު ބޭނުންވާ ކަމަށާއި ނޫންނަމަ އެ ދަރަނިތައް އަނބުރާ ނުދެއްކޭނެ ކަމަށެވެ.

ޗައިނާ މެެދުވެރިކޮށް ރާއްޖެއިން އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަަކަށް ލޯނު ނަގާފައިވެ އެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ލޯނު އަނބުރާ ދެއްކުމަށް 4.9 ބިލިއަން ރުފިޔާ ހިމަނާފައި ވާއިރު ނަޝީދު ވިދާޅުވާ ގޮތުންނަމަ އެ ފައިސާގެ ތެރެއިން 80 އިންސައްތަ ފައިސާއަކީ ޗައިނާއިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ހިމަނާފައިވާ ފައިސާ އެވެ. 

ނަޝީދުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ 2013 އާއި 2018 ވަނަ އަހަރާ ދެމެދު ޗައިނާ ރާއްޖެއަށް އިންތިހާއަށް ލޯނު ދީފައިވާއިރު އޭގެ ތެރެއިން ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ، ބޮޑު ބައެއް އަނބުރާ ދައްކަން ޖެހިފައިވާއިރު ގައުމުގެ އިގްތިސޯދު އިނދަޖެހިފައި ވުމެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް