ads
އެކްސަލަރޭޓިން ރިނިއުވަބަލް އެނަޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) މަޝްރޫއު---
އިއާދަކުރަނިވި ހަކަތަ އިތުރުކުރަން 107.4 މިލިއަން ޑޮލަރުގެ މަޝްރޫއުއެއް
ރާއްޖޭގައި ބޭނުން ކުރެވޭ އިއާދަކުރަނިވި ހަކަތައިގެ މިންވަރު އިތުރުކުރުމަށް 107.4 މިލިއަން ޑޮލަރުގެ މަޝްރޫއުއެއް ހިންގުމަށް ވޯލްޑް ބޭންކުގެ އެގްޒެކްޓިވް ބޯޑުން ފާސްކޮށްފި އެވެ.

ވޯލްޑް ބޭންކުގެ އެގްޒެކްޓިވް ބޯޑުން ރާއްޖޭގައި ހިންގުމަށް ފާސްކޮށްފައިވަނީ އެކްސަލަރޭޓިން ރިނިއުވަބަލް އެނަޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) މަޝްރޫއެވެ. 

ޖުމްލަ 107.4 މިލިއަން ޑޮލަރުގެ އެރައިޒް މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ޕްރައިވެޓް ސެކްޓާ މެދުވެރިކޮށް ރާއްޖޭގައި ބޭނުން ކުރެވޭ އިއާދަކުރަނިވި ހަކަތައިގެ މިންވަރު އިތުރުކުރުމާއި، އިއާދަކުރަނިވި ހަކަތަ ގްރިޑަށް ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ބޭނުންވާނެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމާއި، ރަށްތަކުގެ ކަރަންޓު ވިއުގަތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން ކަމަށް އެންވަޔަަރަމެންޓް މިނިސްޓްރީން ބުނެއެވެ.

އެ މަޝްރޫއަށް ލިބިފައިވާ 107.4 މިލިއަން ޑޮލަރުގެ ތެރެއިން ވޯލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އޭޖެންސީ (އައިޑާ) އިން ދެނީ 12.4 މިލިއަން ޑޮލަރުގެ ހިލޭ އެހީއެވެ. އަދި އެހެން ކޯފައިނޭންސިން އެޖެންސީސްތަކުގެ ތެރެއިން ކްލީން ޓެކްނޮލޮޖީ ފަންޑް (ސީޓީއެފް) އިން 30 މިލިއަން ޑޮލަރު ލޯނު އަދި ހިލޭ އެހީ މި މަޝްރޫއަށް ހަމަޖެހިފައިވެ އެވެ. ސީޓީ އެފްގެ 30 މިލިއަން ޑޮލަރުގެ ތެރެއިން 7 މިލިއަން ޑޮލަރަކީ ހިލޭ އެހީގެ ގޮތުގައި ހަމަޖެހިފައިވާ ފައިސާ އެވެ. އަދި މީގެ އިތުރުން، އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އިން 20 މިލިއަން ޑޮލަރު ވަނީ ލޯނު އެހީގެ ގޮތުގައި ހަމަޖެހިފައެވެ. އެ މަޝްރޫއުގެ މުޅި ޖުމްލައިގެ ތެރެއިން، ޕްރައިވެޓް ސެކްޓާ މެދުވެރިކޮށް 45 މިލިއަން ޑޮލަރު ލިބޭނީ ޕްރައިވެޓް އިންވެސްޓްމަންޓްތަކުގެ ގޮތުގައެވެ.

މިނިސްޓްރީން ބުނީ އެ މަޝްރޫއު ހިންގާނީ އެ މިނިސްޓްރީ އާއި، ސަރުކާރު ހިއްސާވާ ކަރަންޓް އުފައްދާ ކުންފުނިތަކާއި ގުޅިގެން ކަމަށެވެ.   

އެރައިޒް މަޝްރޫއުގެ މަސައްކަތްތައް 4 ކޮމްޕޯނަންޓަކަށް ވަނީ ބަހާލާފަ އެވެ. އެގޮތުން، ފުރަތަމަ ކޮމްޕޯނެންޓް އިން މަސައްކަތް ކުރެވިގެންދާނީ ސޯލާ ހަކަތައިގެ ދާއިރާއަށް އިންވެސްޓް ކުރާ ފަރާތްތަކަށް ބޭނުންވާ މާލީ ރައްކާތެރިކަމާއި ޔަގީންކަން ފޯރުކޮށްދީ، މިދާއިރާއިން ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތައް އިތުރުކުރުމަށެވެ. 

"އެގޮތުން، މިހާރުވެސް ވޯލްޑް ބޭންކްގެ އެހީގައި ރާއްޖޭގައި ހިންގާ "އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިވަބަލް އެނާޖީ" (އެސްޕަޔާ) މަޝްރޫއުގެ ދަށުން، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިންވެސްޓްކުރުމަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމުގެޕީ) މޮޑެލްގައި، އެރައިޒް މަޝްރޫއިން މުޅި ޖުމްލަ 36 މެގަވޮޓު ސޯލާ ޕީވީގެ އިންވެސްޓްމެންޓް ރާއްޖެއަށް ގެނެއުމަށްވަނީ ހަމަޖެހިފަ" މިނިސްޓްރީން ބުނެއެެވެ.

ދެވަނަ ކޮމްޕޯނެންޓްގެ ތެރެއިން، އެ މަޝްރޫއުގެ ދަށުން ސޯލާ ޕީވި ހަރުކުރެވޭ ރަށްތައް ހިމެނޭ ގޮތަށް، ކަރަންޓު ވިއުގައަށް އިއާދަކުރަނިވި ހަކަތަ ފޯރޮކޮށްދެވޭ ނިސްބަތް އިތުރު ކުރުމުގެ ގޮތުން އެކަމަށް ބޭނުންވާ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް އެ މަޝްރޫއުގެ ދަށުން ގާއިމްކުރެވިގެން ދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ އެކަމުގެ ސަބަބުން މިހާރު ރާއްޖޭގެ ގްރިޑްތަކަށް ކަރަންޓު ބޭނުންކުރެވޭ އެންމެ މަތީ މިންވަރު އިތުރުކުރެވިގެންދާނެ ކަމަށާއި މީގެ އިތުރުން، ގްރިޑްގެ ސްޓެބިލިޓީ އާއި މުޅި ކަރަންޓު އުފައްދާ ނިޒާމުތަކުގެ ޖުމްލަ އެފިޝަންސީވެސް ރަނގަޅުވެގެންދާނެ ކަމަށެވެ. 

އޭގެ އިތުރުން ތިންވަނަ ކޮމްޕޮނެންޓް ހާއްސަކުރެވިފައި ވަނީ އިއާދަކުރަނިވި ހަކަތަ ކަރަންޓު ވިއުގައާއި ގުޅުވާލުމުގައި ހުރި ދަތިތައް ފިލުވުމަށްޓަކައި، ރަށްރަށުގެ ކަރަންޓު ނިޒާމުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް، އެކަށީގެންވާ ގޮތަށް ބޭނުންކުރެވޭނެފަދަ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށެވެ. 

"އެގޮތުން ކަރަންޓު ވިއުގާގެ ބައެއް ބައިތައް އަޕްގްރޭޑް ކުރުމާއި ، ސޯލާ ނިޒާމު އަދި ޖަނެރޭޓަތަކުގެ ފުރިހަމަ ޕްރޮޑަކްޝަން މައުލޫމާތުތައް ވަގުތުން މޮނިޓަކޮށް ސޯލާ ޕީވީ-ޑީސަލް ހައިބްރިޑް ކަރަންޓު ނިޒާމުތައް ހަރުދަނާ ގޮތެއްގައި އޮޕަރޭޓް ކުރުމަށް ރަށްތަކުގައި ޒަމާނީ ސްޕަވައިޒަރީ ކޮންޓްރޯލް އަދި ޑޭޓާ އެކުއިޒިޝަން ނިޒާމުތައް އެރައިޒް މަޝްރޫއުގެ ދަށުން ގާއިމުކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އިލެއްކްޓްރިކް ވެހިކަލް ޗާޖުކުރެވޭނެ އިންފްރާސްޓްރަކްޗާ ފަދަ ގްރިޑް މެދުވެރިކޮށް ދެވެދިނޭ އެހެން ހިދުމަތްތައް ޕައިލެޓްކުރުމަށްވެސް ވަނީ ރޭވިފައެވެ." މިނިސްޓްރީން ބުނެއެވެ.

އެ މަޝްރޫއުގެ ހަތަރުވަނަ ކޮމްޕޯނަންޓް ގެ ދަށުން، ހަކަތައިގެ ދާއިރާއަށް އަންނަ ޒަމާނީ ބަދަލުތަކަށް ރާއްޖޭގެ ހަކަތަ އާއި ގުޅޭ މުއައްސަސާތައް އަހުލުވެރިކޮށް، އެ ފަރާތްތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ތަމްރީނު ހިންގުމާއި، ރެގިއުލޭޓަރީ ކަންކަން ރަނގަޅު ކުރުމާއި ގުޅޭ ކަންތައްތައް މި މަޝްރޫއުން ކުރެވިގެންދާނެއެވެ. އޭގެ ދަށުން، ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ހިމެނޭގޮތަށް ޕަވާ ސިސްޓަމްތައް އޮޕަރޭޓްކޮށް މެއިންޓެއިންކުރުމުގެ ތަމްރީނު ދިނުމުގެ އިތުރުން، ކުރިއަރަމުން އަންނަ ހަކަތައިގެ އިތުރު ޓެކްނޮލޮޖީތަކާއި ގުޅޭ ފީޒިބިލިޓީ ސްޓަޑީޒް ހެދުމާއި ޕައިލޮޓް ސްކޭލް މަޝްރޫއުތައް ހިންގުމަކީވެސް އެރައިޒް މަޝްރޫޢޫގެ އަމާޒެެއް ކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން، ފްލޯޓިންގެ ސޯލާ ޕީވީ އާއި އިލެކްޓްރިކް ވެހިކަލް އިތުރުކުރެވިދާނެ މިންވެރުވެސް ބެލުމަށް ރޭވިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް