ads
ވީޑިއޯ ރިޕޯޓް--
މައުމޫނު ހިންގި "ޖަރީމާއެއް"، އިންސާފުގެ ކުރިމައްޗަށް!
ރާއްޖޭގައި ސަރުކާރުތަކުން ރައްޔިތުންނަށް ބޭއިންސާފާއި އަނިޔާކުރުމުގެ ސަގާފަތެއް ގެންގުޅޭކަމުގެ ޝަކުވާ އެ ރައްޔިތުން އަބަދުވެސް ކުރަމުން ދެއެވެ. އެ ރައްޔިތުންނަށް ޖިސްމާނީ ގޮތުންނާއި މާލީ ގޮތުން ކުރާ އަނިޔާތަކަށް އިންސާފު ނުލިބި އެތައް އަހަރެއް އެ ރައްޔިތުން ކަޑައްތުކުރަންވަނީ ޖެހިފައެވެ. ލިބޭ އަނިޔާއަށް އިންސާފު ހޯދައިދިނުމަށް އިދާރާތައް އޭރު ވަނީ ނުކުޅެދިފަ އެވެ.

ރައީސް އަމީނުގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ލިބުނު އަނިޔާއަށް އިންސާފު ބޭނުންވާ އެތައް ރައްޔިތުންތަކެއް އެބަ ތިއްބެވެ. މި ރައްޔިތުންނަށް އިންސާފު ހޯދާދިނުމަކީ މި ސަރުކާރުގެން ވެފައިވާ ބޮޑު ވައުދެކެވެ. އެ ވައުދު ރަނުން ރަނަށް ފުއްްދާ ދިނުމަށް މި ސަރުކާރުން މިހާރު ވަނީ މަސަޢްކަތް ފަށާފައެވެ. އެގޮތުން 1953 ނަކުން ފެށިގެން 2018 އާއި ދެމެދު އަނިޔާ ލިބިފައިވާ ހުރިހާ ފަރާތްތަކަށް މައްސަލަ ހުށަހެޅޭނެ ބިލެށް މިހާރު ވަނީ  ވަނީ ފަރުމާކޮށްފައެވެ.  

ބައެއް ރައްޔިތުން ތިބީ މައްސަލަތައް ހުށަހަޅަން ކެތް މަދުވެފައެވެ. 

އެގޮތުން އެ ބިލުގެ ދަށުން އިންސާފު ހޯދައިދިނުމަށް އެދި މައްސަލަ ހުށަހަޅާނެކަމަށް ބުނާ އެކަކީ މ. ސޭންޑީހޮލޯ މުހައްމަދު ފަޒީހެވެ. 

38%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
63%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް