ads
އެމްއެންޑީއެފް ކޯސްޓްގާޑް
ދެ ބޯޓެއް ފެނިގެން ސިފައިން ހަރަކާތްތެރިވަނީ
ގަވާއިދާ ހިލާފަށް މަސް ބާނަމުން ދިޔަ ބޭރުގެ ދެ މަސްބޯޓެއް ފެނިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެ ދެ މަސް ދޯނި ފެނިގެން އެމްއެންޑީއެފަށް ރިޕޯޓުކުރީ  އލ. އިސްދޫ މުލީގެ 87 ނޯޓިކަލް ބޭރުން މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސް ދޯންޏަކުންނެވެ. އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 17:05 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އެ ރިޕޯޓު ލިބުމާއެކު އެ ސަރަހައްދުގައި ކޯސްޓުގާޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އެއީ ކޮން ގައުމެއްގެ ބޯޓެއްކަން އަދި ސާފު ނުވާ ކަމަށް ވެސް ބުނެފައި ވެއެވެ. 

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަގަށް ވަދެ، ބޭރުގެ ބޯޓުތަކުން މަސްވެރިކަން ކުރުމަކީ އާއްމު މައްސަލައެކެވެ. ދިވެހިރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަރަށް ފަހުން ވެސް ވަނީ މަސްބޯޓެއް އަތުލައިގަންފައެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް