ads
އައްޑޫ ފްލައިން ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ދިމާވާ ގޮންޖެހުންތައް ނައިބު ރައީސް ފައިސަލް ނަސީމް އޮޅުންފިލުވަނީ-----
ފްލައިން ސްކޫލް ދަރުވަރުންނަށް އެހީވުމަށް ފިނޭސް މިނިސްޓަރުގެ ކިބައިން އެދިއްޖެ
ސަރުކާރުގެ ފަރާތުން ފްލައިން ސްކޫލްގެ ދަރިވަރުންނަށް އެހީތެރިވެދެވޭނެ ގޮތްތަކެއް ބައްލަވައިދެއްވުމަށް ފިނޭންސް މިނިސްޓަރުގެ އަރިހުން ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގަންފި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫގައި ގާއިމުކޮށްފައިވާ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނާ ބައްދަލުކުރައްވައި އެ ކުދިންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކުގެ މައުލޫމާތު ވަނީ އޮޅޫންފިލުވާފައެވެ.

މިއަދު ހަވީރު ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި، އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުން ވަނީ އެ ކުދިންނަށް ދިމާވާ ދަތިތަކުގެ މައުލޫމާތު ވަރަށް ތަފްސީލުކޮށް ނައިބް ރައީސްއާއި ހިއްސާ ކުރައްވާފައެވެ. އެގޮތުން، އެ ކުދިން ވަނީ ސްކޫލްގެ ފީ އެމެރިކާ ޑޮލަރުން ދައްކަން ޖެހުމުން ދިމާވާ ދަތިތަކާއި، ފްލައިން ސްކޫލުން އެ ކުދިންނާ މެދު ޢަމަލުކުރަމުންދާ ގޮތުގެ މައުލޫމާތު ވެސް ނައިބު ރައީސްއާއި ހިއްސާކުރައްވާފައެވެ. 

ނައިބު ރައީސް ވިދާޅުވީ އެ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި، އެ މަނިކުފާނު ވަނީ ސަރުކާރުގެ ފަރާތުން ފްލައިން ސްކޫލްގެ ދަރިވަރުންނަށް އެހީތެރިވެދެވޭނެ ގޮތްތަކެއް ބައްލަވައިދެއްވުމަށް ފިނޭންސް މިނިސްޓަރުގެ އަރިހުން އެދިވަޑައިގަންނަވާފައެވެ. އޭގެ ތެރޭގައި އެ ދަރިވަރުންނަށް އެމެރިކާ ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން ފީ ދެއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމުގައި ސަރުކާރަށް ވެދެވެން އޮތް އެހީތެރިކަމަކީ ކޮބައިކަން ބެއްލެވުން ހިމެނެއެވެ.

އެ ބައްދަލުކުރެއްވުމުގައި ފިނޭންސް މިނިސްޓަރު އަހްމަދު އަމީރު ވަނީ، އެ ކަމުގައި އެ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. 

      

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް