ads
މެންޗެސްޓާރ ޑަރބީގެ ތެރެއިން
މެންޗެސްޓާ ޑާބީ އެއްވަރު
މެންޗެސްޓާ ޑާރބީ އެއްވަރު ވެއްޖެއެވެ. އިންގްލިޝް ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އޯލްޑްޓްރެފަޑުގައި ކުޅުނު މި މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ހޮނިހިރު ދުވަހުގެ ރޭގެ މެޗުގައި ދެ ޓީމުން ކުރެ ޓީމަކަށް މާ އެދޭ ކުޅުމެއް ނުދެއްކުނު ނަމަވެސް ދެ ޓީމަށްވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނެވެ. 

މެންޗެސްޓަރ ސިޓީގެ ރިޔާދު މާރޭޒާއި ކެވިން ޑިބްރޭނާއަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވެގެން ދިޔައިރު، ޔުނައިޓެޑުގެ މާކަސް ރަޝްފޯޑަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ޕެނަލްޓީއެއް ދޭން ރެފްރީ ނިންމި ނަމަވެސް ފަހުން ރެފްރީގެ ނިންމުންވަނީ ބަދަލު ކޮށްފައެވެ. ރެފްރީގެ ނިންމުން ބަދަލުކުރީ ވީއޭއާރުން ރަޝްފޯޑް އޮފް ސައިޑުވެފައިވާ ކަމަށް ނިންމުމުންނެވެ.

ސިޓީ އަތުން ހޯދި ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ ވިހި ޕޮއިންޓާ އެކު އަށްވަނައިގައެވެ. ޔުނައިޓެޑުގެ ފަހަތުން ސިޓީ ނުވަވަނައިގަ އޮތީ ނަވާރަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ޓީމުންވެސް ކުޅެފައިވަނީ އެގާރަ މެޗެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް