ads
ގަލްފް އެއާ އިން މިއަދު ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފި--- ފޮޓޯ: އެމްއޭސީއެލް
ގަލްފް އެއާ އިން ރާއްޖެއަށް ދަތުރުތައް ފަށައިފި
ބަހްރައިންގެ ގައުމީ އެއާލައިން ކަމަށްވާ ގަލްފް އެއާ އިން އަލުން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

މިއަދު ގަލްފް އެއާއިން އަލުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާ އިރު، ބަހްރައިންގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރާއި ވެލާނާ އެއާޕޯޓާއި ދެމެދު ކޮންމެ ހަފްތާއަކު ދެ ދަތުރު ކުރުމަށް ހަމަޖެހިފައިވެ އެވެ.

ގަލްފް އެއާ އިން ބުނީ ރާއްޖެއަކީ އެ އެއާލައިނަށް މުހިއްމު މަންޒިލެއް ކަމަށާއި، އެ އެއާލައިނުން ވައިގެ ދަތުރުތައް ބާއްވާ އިންޑިއާ ކަނޑުގެ މަންޒިލްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަންޒިލަކީ ރާއްޖެ ކަމަށެވެ.

މިއަދު ގަލްފް އެއާ އިން ދަތުރުތައް ފަށާފައިވާ އިރު، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އެ އެއާލައިނުން ބުނީ ރާއްޖެއަށް އޮތް ދަތުރުތަކަށް ޑިމާންޑް ބޮޑުވުމުގެ ސަބަބަުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި އެ އެއާލައިންގެ 250 ގޮނޑީގެ ބޮއިން 9-787 ޑްރީމްލައިނާ ފްލައިޓް ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ.

ގަލްފް އެއާ އިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ހުއްޓާލާފައިވަނީ ކޮވިޑް-19 ގެ ސަބަބުންނެވެ. ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ކުރިން އެ އެއާލައިނުން ކޮންމެ ހަފްތާއަކު ފަސް ދަތުރު ބާއްވާފައިވެ އެވެ.

ގިނަ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާ އިރު، އެ އެއާލައިންތަކުން ރާއްޖެއަށް އޮންނަ ޑިމާންޑް ވަނީ ބޮޑު ތަނުން އިތުރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް