ads
މ. އަތޮޅު ކައުންސިލްގެ ރައީސް އައްޝައިހް ޔޫސުފް ސިދުގީ--- ފޮޓޯ: މީރާ
މ. އަތޮޅުގައި މީރާގެ ކަލެކްޝަން ސެންޓަރެއް
މ. އަތޮޅުގެ ވެރިރަށް މުލީގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެ އޮތޯރިޓީގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި އެވެ.

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި ޓެކްސް ދައްކާ ފަރާތްތަކަށް ވީހާވެސް ގާތުން ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން މީރާ އިން ހުޅުވި ކަލެކްޝަން ސެންޓަރެއް ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

މިއަދު މުލީގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މީރާއިން ގާއިމްކުރި ކަލެކްޝަން ސެންޓަރު ހުޅުއްވައިދެއްވީ މ. އަތޮޅު ކައުންސިލްގެ ރައީސް އައްޝައިހް ޔޫސުފް ސިދުގީ އެވެ.

މާލޭގައި ޓެކުހުގެ ހިދުމަތްތައް ހޯދާ ފަރާތްތަކަށް ދެވޭ ހިދުމަތްތައް އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ކަލެކްޝަން ސެންޓަރުތަކުން ވެސް ދޭ އިރު، އޭގެ ތެރޭގައި ޓެކްސް ބަޔާންތައް ބަލައިގަތުމާއި، މީރާއަށް ފައިސާ ބަލައިގަތުން އަދި ޓެކުހާއި ގުޅުން ހުރި މައުލޫމާތު ދިނުން ފަދަ ހިދުމަތްތައް ދޭނެ ކަމަށް މީރާ އިން ވަނީ ބުނެފަ އެވެ.

މިހާތަނަށް މީރާއިން ވަނީ 17 އަތޮޅެއްގައި 18 ކަލެލްޝަން ސެންޓަރު ގާއިމްކޮށް، އެ ސެންޓަރުތަކުން ހިދުމަތް ދޭން ފަށައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް