ads
ފޮޓޯ: ދިރާގު
ހޯމްފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި
ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަކޮށް މިދިޔަ މަހު ފެށި ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި އެވެ.

ދިރާގުން ވަނީ އެ ކުންފުނީގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ނޮވެމްބަރު މަހު ފެށި ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާތަކުން ދެގުނަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަން މި އަހަރުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

އެ ޕްރޮމޯޝަންގެ ދަށުން ކޮންމެ ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާއެއް އެކްޓިވޭޓް ކޮށްލައިގެން ދެ ގުނަ ޑޭޓާ ކޮންމެ ކަސްޓަމަރަކަށް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާ އެކްޓިވޭޓް ކުރުމަށްޓަކައި ދިރާގު މޯބައިލް އެޕް ނުވަތަ ދިރާގުގެ ސައިޓުގައިވާ "މައި އެކައުންޓް" އަށް ލޮގިން ކުރުމަށްފަހު އެކައުންޓް ޔޫސޭޖް ޕޯޓަލް މެދުވެރިކޮށް ކުރެވޭނެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި ކަމަށްވާ ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް މިހާރު ރާއްޖޭގެ 80 އިންސައްތަ ގޭބިސީތަކަށް ފޯރުކޮށްދެވިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް