ads
ފުވައްމުލަކު ބަނދަރަށް ވެއްޓުނު ކާރު:--
ކާރު މޫދަށް ވެއްޓުނީ ޑްރިފްޓު ކުރަނިކޮށް!
ކޮންޓްރޯލް ނުވެ ގޮސް ފުވައްމުލަކު ބަނދަރު މޫދުތެރެއަށް ތެރެއަށް ވެއްޓުނީ ޑްރިފްޓު ކުރަނިކޮށްކަން ހާމަވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ދުއްވާފަ ދިޔަ ކާރެއް ފުވައްމުލަކު ބަނދަރު މޫދުތެރެއަށް ތެރެއަށް ވެއްޓުނީ "ކޮންޓްރޯލު ނުކުރެވިގެން" ކަމަށް ބައެއް މީހުން އޭރު ބުނެފައިވެއެވެ. 

މިއަދު ޝޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި ކާރު މުދަށް ވެއްޓުނީ ޑްރިޕްޓް ކުރުމުގެ ތެރެއިން ކޮންޓްރޯލުން ނައްޓާގެން ގޮހެެވެ. ކާރު ޑްރިފްޓް ކުރުމަކީ މިހާރަކަށް އައިސް ޒުވާނުންގެ މެދުގައި އާއްމު "ސްޓަންޓް" ކެވެ. ޑްރިޕްޓް ކުރަނިކޮށް ކާރު ގޮސް މޫދަށް ވެއްޓުނުއިރު އޭގައި އިން މީހާއަށް ބޮޑު އަނިޔާއެއް ލިބުނުކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެއެވެ. މައުލޫމާތު ލިބޭގޮތުގައި ވެއްޓުނީ އަމިއްލަ މީހެއްގެ ކާރެކެވެ.

ބަނދަރަށް ވެއްޓުނު ކާރު ނެގުމުގެ މަސައްކަތް ރޭ ވަނީ ކޮށްފައެވެ. މިދިޔަ ހަފްތާގެ ތެރޭގައި މާލޭ މާރު ކޭޓު ސަރަަހައްދުން ދުއްވާފައި ދިޔަ ޕިކަޕެއްވެސް މޫދަށް ވެއްޓިފައިވެއެވެ. މި ހާދިސާ އާއި ގުޅިގެން ފުލުުހުން ވެސް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް