ads
މާފަންނު މެދު ދާއިރާގެ މެމްބަރުން އިބްރާހީމް ރަޝީދު---
ފަތުރުވެރިން ހާހުން އިތުރުވަމުން ދާއިރު ވަސީލަތްތައް އިތުރު ކުރަންޖެހޭ: އިބްރާހީމް ރަޝީދު
ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު ހާހުން އިތުރުވުމުން ވަސީލަތްތައް ވެސް އިތުރު ވާންޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ކިޔުޖެހިފައިވާތަން ފެންނަ ވީޑިއޯއެއް ހިއްސާކުރައްވާ މެމްބަރު އިބްރާހީމް ރަޝީދު ވިދާޅުވީ، ފަތުރުވެރިން ހާހުން ހާހުން އިތުރުވަމުން އަންނައިރުު ފަތުރުވެރިން ރާއްޖެ އައިސް ދާން ބޭނުންވާ ރިސޯޓްތަކަށް ނުދެވި ހަތަރު ފަސް ގަޑިއިރު އެއާޕޯޓުގައި ކިއުގައި ކޮޅަށް ތިބެންޖެހޭ ކަމަށެވެ. 

އެހެންވުމުގެ ސަބަބުން ފަތުރުވެރިން ޖެހެނީ ރިސޯޓަށް ނުދެވި މާލޭ ސަރހައްދުގައި ތާށިވާން ކަމަށެވެ. އެގިތަށް އެކަންވުމުން ފަތުރުވެރިންގެ އަތުން ގިނަ ހަރުދުތަކެއް ވެސް ދާކަން ފާހަގަކުރައްވާ އިބްރާހީމް ރަޝީދު ވިދާޅުވީ ކޮވިޑް-19 ގެ މިފަދަ ހާލަތުގައި ގިނަ އަދަދެއްގެ ފަތުރުވެރިން މާލޭ ސަރަހައްދުގައި މަޑުކުރަންޖެހުމަކީ ވެސް އެންމެ ރައްކާތެރިގޮތް ނޫންކަމަށެވެ. 

"ވިދާޅުވީ އެކަން އެގޮތަށް ނުވާނެ ފަދަ އިންތިޒާމްތަކެއް ހަމަޖެސުމަށް ހިދުމަތަތައް ދިނުން އަވަސްކޮށް، ތަނުގެ ކެޕެސިޓީއާއި އެއްވަރަށް މުވައްޒަފުން ލައިގެން މެނޭޖެ ކުރަންޖެހޭ. ކޮވިޑް-19 ގެ ހާލަތުަގުައި ފަތުރުވެރިންގެ ކެޕޭސިޓީ އިތުރުވެއްޖެނަމަ ވެސް އެއާޕޯޓްގައި ދަތުރުވެރިންނަށް ހިދުމަތް ދޭނެ ގޮތުގެ ފުރިހަމަ ރިޕޯޓެއް މަޖިލީހުގެ ކޮމެޓީއަށް ހުށަހަޅާފައިވާކަނެ،" - އިބްރާހިމް ރަޝީދު -

ގަވާއިދެއް ހެދި ގަނޑެއްގައި ލިޔެވިފައި އޮތުމުން ކަމަކު ނުދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި މެނޭޖް ނުކުރެވިގެން އުޅެނީ އެއާ އެއްގޮތަށް އެންމެ އެދެވޭ ގޮތުގައި އަމަލުނުކުރެވޭތީ ކަމަށް ވެސް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

 "އިރު އޮއްސުމުގެ ކުރީން ދާންވާ ރިސޯޓަށް ނުދެވި މާލޭ ސަރަހައްދުގައި ތާށިވާން ނުޖެހޭނެ ހަލުވި އަވަސް އުސޫލަކަށް  އިންތިޒާމްވާންޖެހޭ" ކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ(އެސްއޯއީ) ގެ ކޮމެޓީގައި ވެސް ހިމެނިވަޑައިގަންނަވާ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ އެގޮތަށް ކިޔުޖެހޭ ޖެހުން ހުއްޓުވޭނީ ފަތުރުވެރިންގެ ޓެސްޓިން ކެޕޭސިޓީ އިތުރުކޮށްގެން ކަމަށާއި އިމިގްރޭޝަން ކްލިއާރެންސްގެ އިތުރުން ލެގޭޖް ޗެކިންވެސް މެނޭޖްކުރެވިގެން ކަމަށެވެ. 

ވީޑިއޯއިން ފެންނަގޮތުގައި ވީއައިއޭގެ ޓާމިނަލް ސަރަހައްދުގައި ގިނަ ބަޔަކު ކިއު ޖެހިގެން ހިދުމަތް ހޯދަމުންދިޔައެވެ. އަދި މުޅި ޓާމިނަލްގައި ދިގު ކިޔުއެއް ޖެހި މުޅިތަން ފުރިފައިވާއިރު، ކޮވިޑް-19 ގެ މިހާލަތުގައި އަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ގައިދުރުކަމެއް ވެސް ނެތެވެ. 

ރާއްޖެއަށް ކޮންމެ ދުވަހަކު އަންނަ ފަތުރުވެރިންގެ އަދަދު މިހާރު އުޅެނީ 1000 އާއި 2000 އާއި ދެމެދުގައެވެ. އަދި ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރާއްޖެއަށް ވަނީ 477,390 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ. އަދި އެއަދަދަު މިމަހުގެ ފަހުކޮޅަށް އިތުރުވާނެކަމަށް ވެސް ބެލެވެއެވެ. 

ކޮވިޑަށް ފަހު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ ޓްއަރިސަމް އިންޑަސްޓްރީއަށް ބޮޑެތި ކާމިޔާބީތަކެއް ލިބެމުންދާ މިދަނޑިވަޅުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން މެނޭޖް ކުރެވޭނެ ރަނގަޅު ޕްލޭނެއް ނެތްތަނަމަ މިއަދަދުތައް އަނެއްކާވެސް ދަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެއާ ޕޯޓުގައި ފަތުރުވެރިން ހިދުމަތްތައް ހޯދުމަށް އެތައް އިރަކު ތިބެންޖެހެނީ މުވައްޒަފުންގެ ދަތިކަން މިވަގުތު އެ އެއާޕޯޓަށް ކުރިމަތިވެފައިވާތީ ކަމަށްވެސް މައުލޫމާތު ލިބެއެވެ. 

ކޮންމެ ދުވަހަުކުވެސް ހިދުމަތް ހޯދުމަށް ގިނ އަދަދެއްގެ ފަތުރުވެރިން ކިއުގައި ޖެހެންޖެހޭއިރު ހަވީރު 4:40 ފެށިގެން ޓީއޭއެމްގެ ސީޕްލޭންތައް އޮޕަރޭޓެއް ނުކުރެއެވެ. އެހެންކަމުން ހިދުމަތް ނުލިބި ރިސޯޓުތަކަށް ދިޔުން ލަސްވާ ފަތުރުވެރިން އަންނަނީ މާލެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް