ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ރައްޔިތުންނަށް އެ ރައްޔިތުންގެ ވޯޓުދިނުމުގެ ހައްޤަށް އެންމެ ބޮޑެތި ހުރަސްތައް ކުރިމަތިވާނެ އިންތިހާބު ކަމަށެވެ.
ޝުޖާއު ވިދާޅުވީ މިއީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި ބާއްވާނޭ އެންމެ ހުދުމުހުތާރު އިންތިހާބު ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބު ކުރިން ބޭއްވުމަށް ހަމަޖެހިފައި އޮތީ މިހިނގާ 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގަ އެވެ. އެހެންނަމަވެސް ކޮވިޑް-19 އާއި ގުޅުގެން އިންތިހާބު އަންނަ އަހަރަށް ފަސްކޮށްފައިވާއިރު އަދިވެސް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ދީފައެއްނުވެ އެވެ. އަދި އިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އަންނަނީ ކެމްޕެއިން ކުރުމުގެ ފުރުސަތު ނެތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.