ads
ސައިފް އަދި ކަރީނާ ކްލިނިކުން އެނބުރި ގެއަށް ދަނީ--
ކަރީނާއަށް ކާރުގެ ދޮރު ހުޅުވައިދިނުމުން ސައިފްއަށް ތައުރީފް އޮހެނީ!
ބޮލީވުޑު ޖޯޑުންގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއް ޖޯޑަކީ ކަރީނާ ކަޕޫރާއި ސައިފް އަލީ ހާން އެވެ. އެ ދެ މީހުން އެކުގައި ކްލިނިކަކަށް ގޮސް އެނބުރި ގެއަށް ދާ މަންޒަރު ފެންނަ ފޮޓޯތަކަކަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފަ އެވެ.

އާއްމުވި ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ ކްލިނިކުން ނިކުމެ ކާރު އަންނަން ދެ މީހުން މަޑުކޮށްގެން ތިބޭ މަންޒަރާއި ކާރަށް އަރައިގެން ދާ މަންޒަރެވެ. އެތަނުގައި ދެ މީހުން ތިބިއިރު ސައިފް އަމަލު ކުރި ގޮތަށް ވެސް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.

އެގޮތުން ކާރު އައުމާއެކު ކުރިއަށް ޖެހިލާ ކަރީނާއަށް ކާރުގެ ދޮރު ހުޅުވައިދިނީ ސައިފް އެވެ. އެއާއެކު އޭނާގެ ފޭނުން އަންނަނީ އެކަމަށް ތައުރީފުކޮށް ވާހަކަ ދައްކަމުންނެވެ. 

ކަރީނާ އާއި ސައިފްއަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އިއުލާނު ކުރީ އޮގަސްޓު މަހު އެވެ. ކަރީނާ ވިހާނެ ކަމަށް ބެލެވެނީ އަންނަ މާޗް މަހު އެވެ. އެ ދެމީހުންގެ ފުރަތަމަ ދަރިފުޅު ތައިމޫރްއަށް މިހާރު ތިން އަހަރެވެ. 

ކަރީނާ ދާދި ފަހުން ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ލާލް ސިންގް ޗައްދާ" ގެ ޝޫޓިން ނިންމާލާފަ އެވެ. އަދި ސައިފް ވެސް ވަނީ "ބޫތު ޕޮލިސް" ގެ ގިނަ މަސައްކަތްތައް ނިންމާފަ އެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް