ads
ފޮޓޯ: ރައީސް އޮފީސް
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފައްދައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ނަމުގައި އިދާރާއެއް އުފައްދަވައިފި އެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަކީ އެންވާރަމެންޓް މިނިސްޓްރީގެ ދަށުން ހިންގަމުންގެންދާނެ ތަނެކެވެ. 

ރައީސް މި އިދާރާ އުފައްދަވާފައިވަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ)ގެ ދަށުން އުފެއްދުމަށް ލާޒިމުކޮށްފައިވާ އިދާރާއަކަށް ވާތީ އެވެ. 

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފެއްދެވުމާއި ގުޅިގެން، މިހައިތަނަށް އެންވާރަމެންޓް މިނިސްޓްރީގެ ދަށުން ހިނގަމުންއައި މޯލްޑިވްސް އެނާޖީ އޮތޯރިޓީ އިއްޔެއިން ފެށިގެން އުވާލާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ. 

އެދާރާގެ ޒިންމާއަކީ އާންމު ބޭނުންތަކުގެ ހިދުމަތްތަކާގުޅޭ ކަންކަން ރާވައި ހިންގާނެ ގޮތުގެ އާންމު އުސޫލުތައް ކަނޑައެޅުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް