ads
ގަޔަށް ހޫނުފެން އެޅުން ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެެނެސްފި
ށ. މާއުނގޫދޫގައި ގަޔަށް ހޫނު ފެން އެޅިގެން ފިހުނު، ފަސް އަހަރުގެ ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

މިމަހުގެ ހަ ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އެ ކުއްޖާގެ ގަޔަށް ހޫނު ފެން އުޅެނީ ފެން ކައްކާ ޖަގު ބަހައްޓާފައި ހުރި މޭޒުގެ އެއް ފަޅީގައި އެލުނު ވަގުތު މޭޒު އަރި އަޅާލައިގެން ކަމަށް ކުއްޖާގެ މަންމަ ސީއެންއެމްއަށް ބުނެ އެވެ. 

އިއްޔެ އިރުއޮއްސުން ހާއިރު ކުއްޖާ އިތުރު ފަރުވާއަށް ހޯކްސް ފެރީގައި މާލެ ގެނެސްފައިވާއިރު ކުއްޖާގެ މަންމަ ބުނީ އެންމެ ފުރަތަމަ ކުއްޖާއަށް ފަރުވާދިނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކަމަށެވެ. އެގޮތުން އެތަނުން ބޭސް އެޅުމަށް ފަހު ގެއަށް ދޫކޮށްލީ ހޮސްޕިޓަލުގައި ބާއްވައިފިނަމަ އިންފެކްޝަން އުފެދި ސަކަރާތްވެދާނެ ކަމަށް ބުނެ ކަމަށެވެ. އަދި އައިޖީއެމްއެޗަށް ގެންދިއުމުން ވެސް ބޭސް އަޅައި، ގެއަށް ފޮނުވާލީ ކޮންމެ ދުވަހަކު ބޭސް އަޅަން ހޮސްޕިޓަލަށްދާ ގޮތަށެވެ. 

މިކަމެއް ހިނގާފައި ވަނީ ކުއްޖާގެ މަންމަ ވިހަން މާލެ އައިސް ހުއްޓަ އެވެ. އެހެންވެ އާއިލާ އިން ވަނީ ކުއްޖާ މާލެ ގެނައުމަށް އާންމުންގެ އެހީއަށް ވެސް އެދިފަ އެވެ. އަދި ދީލަތި ފަރާތެއްގެ އެހީއާއެކު މާލެއަށް ކުއްޖާ ގެނެސްފައިވާއިރު މަންމަ ވަނީ އެކަމުގައި އެ އާއިލާއަށް އެހީވި ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް