ads
މާރިޔާދީދީ--
ހަރުކަށި ފިކުރުގެ ނުރައްކާ މުޅި ދުނިޔޭގައި އެބައޮތް: މާރިޔާ
މިއަދު ޔޫ.އެން.އޯ.ޑީ.ސީ އިން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި ކޮވިޑް-19ގެ މި ދަތި އުނދަގޫ ހާލަތުގައިވެސް ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިބޮޑުވެފައިވާކަމަށް މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ވަނީ ވިދާޅުވެއްޖެއެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ މި ދަތި އުނދަގޫ ހާލަތުގައި ވެސް ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑުވެފައިވާކަމަށާއި މި ނުރައްކަލާ ކުރިމަތިލުމުގައި ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން މިނިސްޓަރު މާރިޔާ ވަނީ ވިދާޅުވެފައެވެ.

އަދި އެކަމަނާ ވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ރައީސް ސޯލިހްގެ ސަރުކާރުން ގެންގުޅުއްވާ "ޒީރޯ ޓޮލެރަންސް" ސިޔާސަތުގެ ދަށުން އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަ ކުރަށްވާ ދިވެހިރާއްޖޭގެ ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭނާއި ނޭޝަނަލް ޕީ.ސީ.ވީ.އީ އެކްޝަން ޕްލޭނާއި ނޭޝަނަލް ކައުންޓަރޓެރަރިޒަމް ސެންޓަރުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

"ދިވެހިރާއްޖެއަށް ފަތުރުވެރިން އަލުން ޒިޔާރަތްކުރަން ފަށާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް ސުލްހަޔާއި އަމަނަށް ލޯބިކުރޭ. ހިތްހެޔޮ ބައެއް ކަމަށާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ދިވެހިރާއްޖޭގެ ގައުމީ ޝަހްސިއްޔަތާ ބީރައްޓެހި ކަންކަން،" - މާރިޔާ -

މިނިސްޓާ މާރިޔާ ވަނީ ސައުތު އޭޝިއަން ރީޖަނަލް ޕްރިވެންޓިންގް ވަޔަލެންޓް އެކްސްޓްރީމިޒަމް ނެޓްވާކް ޤާއިމްކުރުމުގައި ދިން އެއްބާރުލުމާއި އެހީތެރިކަމަށްޓަކަށްވެސް އަވަށްޓެރި ޤައުމުތަކަށާއި ޔޫ.އެން.އޯ.ޑީ.ސީ އަށާއި މާލީގޮތުން އެހީތެރިވި ޖަރުމަންވިލާތަށް ޝުކުރު އަދާކުރައްވާފައެވެ.

ދެކުނު އޭޝިޔާ ސަރަހައްދުގެ ގައުމުތައް ހިމެނޭގޮތަށް ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމުގައި މައުލޫމާތާއި ބެސްޓް ޕްރެކްޓިސް ހިއްސާކުރުމަށް ހާއްސަ ވިއުގައެއް ގާއިމްކުރުމާ ބެހޭގޮތުން، ޔޫ.އެން އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް އިން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ވަނީ މިއަދު ވާހަކަފުޅު ދައްކަވައިފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް