ads
ރާއްޖެއަށް ފަތުރުވެރިންތަކެއް އައުން--
ބޯޑާ މައިލްސް އަންނަ އަހަރު އިފްތިތާހް ކުރަނީ
އަންނަ ޖެނުއަރީ މަހު ރަސްމީކޮށް އިފްތިތާހް ކުރާ މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމަކީ އިމިގްރޭޝަނުން އެމްއޭސީއެލްއާއި، އެމްއެމްޕީއާރުސީ އާއި ގުޅިގެން ފަތުރުވެރިންނަށް އަމާޒުކޮށްގެން ތައާރަފްކުރާ ލޯޔަލްޓީ ޕްރޮގްރާމެކެވެ.

އެއާއި އެކު ޓޫރިޒަމް މިނިސްޓްރީން ވަނީ މިއަދު އިއުލާނެއް ކޮށް އެ މިނިސްޓްރީގައި މިހާތަނަށް ރަޖިސްޓްރީ ކޮށްފައިވާ ފަތުރުވެރިންގެ ހިދުމަތްދޭ ހުރިހާ ތަނަކަށް ބޯޑާ މައިލްސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ދައުވަތުދީފަ އެވެ.

އެގޮތުން އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ތަންތަނަށް ބޯޑާ މައިލްސް ޕްރޮގްރާމްގައި ބައިވެރިވެވޭ އިރު، އެ ޕްރޮގްރާމްގެ ދަށުން ޑިސްކައުންޓްތަކާއި އެކު ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިކަން ހުރި ތަންތަނުން އެ ތަނެއްގެ މައުލޫމާތު ފޮނުވުމަށް މިނިސްޓްރީން އެދެ އެވެ.

ބޯޑާ މައިލްސް ޕްރޮގްރާމްގައި ރަޖިސްޓްރީކުރާ ފަތުރުވެރިންނަށް ޓޫރިސްޓް ފެސިލިޓީތަކުން ދޭ ހިދުމަތްތަކުން 15 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް ދިނުމުގެ އިތުރުން، ރާއްޖޭގެ އެއާޕޯޓްތަކުންވެސް ހާއްސަ ހިދުމަތްތައް ދޭނެ އެވެ.

ރާއްޖެއަށް ފަތުރުވެރިން އައުމަށް ޝައުގުވެރިކަން އުފެއްދުމަށްޓަކައި އިމިގްރޭޝަނުން ބޯޑާ މައިލްސް ޕްރޮގްރާމް ތައާރަފްކޮށްފައިވާ އިރު، އެހެން ކުންފުނިތަކުންވެސް ދަނީ ރާއްޖެއަށް ފަތުރުވެރިން ގެނައުމަށްޓަކައި އެކި މަސައްކަތްތައް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް