ads
އޭޖީ ރިއްފަތު--
އާބިޓްރޭޓަރުންގެ ހިދުމަތާ އެކު ކޮންމެ ކަމެއްގައި ކޯޓަށް ދިއުން ހުއްޓޭނެ: އޭޖީ
މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން އާބިޓްރޭޝަނުގެ ހިދުމަތްތައް ފޯރުކޮށްދޭން ފެށުމާއި އެކު ކޮންމެ ކަމެއްގައި ކޯޓުން ހައްލު ހޯދުމުގެ ސަގާފަތަށް ބަދަލު އަންނާނެ ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އާބިޓްރޭޝަނުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އާބިޓްރޭޝަނުގެ ކަންކަމާއި ގުޅުން ހުރި ހިދުމަތްތައް ރަސްމީކޮށް ދޭން ފަށާފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި އޭޖީ ރިފްއަތު ވިދާޅުވީ، ތަޖުރިބާކާރު އާބިޓްރޭޓަރުން މެދުވެރިކޮށް ވިޔަފާރީގެ މުއާމަލާތްތަކާއި މަދަނީ އިލްތިޒާމްތަކުން އުފެދޭ މައްސަލަތަކަށް އަވަހަށް އަދި ހަރަދު ކުޑަކޮށް ހައްލު ލިބޭނެ ކަމަށެވެ. އަދި އެއާއި އެކު ކޮންމެ މައްސަލައެއްގައި ކޯޓުން ހައްލު ހޯދުމުގެ ސަގާފަތް ހުއްޓޭނެ ކަމަށް ވިދާޅުވި އެވެ. 

އާބިޓްރޭޝަން ސެންޓަރުން ބުނެފައިވަނީ، އެ ސެންޓަރުގެ ވެބްސައިޓް މެދުވެރިކޮށް، މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިހާރު މައްސަލަ ހުށަހެޅޭނެ ކަމަށެވެ. މީގެއިތުރުން، ވާޗުއަލް ހިދުމަތްތަކާއެކު އާބިޓްރަލް ޕްރޮސީޑިން ކުރިއަށް ގެންދިއުމުގެ އިހްތިޔާރު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބޭނެ ކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ.

ދެހާސްތޭރަވަނަ އަހަރު ވުޖޫދަށް އައި އާބިޓްރޭޝަން ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ސެންޓަރު އުފެދުނީ އޭގެ ހަ އަހަރު ފަހުންނެވެ. އެ ސެންޓަރުގެ ބޯޑު މެމްބަރުންނަކީ ޗެއާޕާސަން އަހުމަދު ޝަހުދީ އާއި، ވައިސް ޗެއާޕާސަން ހުސައިން ސިރާޖުގެ އިތުރުން މެންބަރު ސަފާ ޝަރީފެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް