ads
ކަރެކްޝަން ސާވިސްއިން މާފުށީ ޖަލުގައި ތިބި ގައިދީންނަށް ބޭއްވި އައި ކޭންޕްގެ ތެރެއިން——ފުޓޯ: ކަރެކްޝަންސް
ގައިދީންނަށް މިއަހަރު ފައިސާ ފޮނުވޭނެ އެންމެފަހު ތާރީހަމީ މިމަހު 29: ކަރެކްޝަންސް
ގައިދީންނާއި ބަންދުމީހުންގެ އާއިލާތަކުން ޖަމާކުރާ ފައިސާ މި އަހަރަށް ބަލައިގަންނާނެ އެންމެ ފަހު ތާރީހަކީ މިމަހުގެ 29 ވަނަ ދުވަސް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.

ކަރެކްޝަންސްއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މިއަހަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބޭންކިންގެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ އެންމެފަހު ތާރީހަކީ ޑިސެމްބަރު 30 ވާ ބުދަ ދުވަސް ކަމަށެވެ. 

އެހެންކަމުން ގައިދީންނާއި ބަންދުމީހުންގެ އާއިލާތަކުން ޖަމާކުރާ ފައިސާ މިއަހަރަށް ބަލައިގަންނާނެ އެންމެ ފަހު ތާރީހަކީ ޑިސެމްބަރު 29 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ކަމަށެވެ. އަދި ގައިދީންނާއި ބަންދުމީހުންގެ އާއިލާތަކުން އޮންލައިންކޮށް ފައިސާ ފޮނުވުމަށް މިއަހަރަށް ކަނޑައެޅިފައިވާ އެންމެފަހު ތާރީހަކީ، ޑިސެމްބަރު 24 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ކަމަށްވެސް ކަރެކްޝަނަލް ސާވިސްއިން ވަނީ ބުނެފައެވެ.   

މީގެއިތުރުން ކަރެކްޝަންއިން ބުނީ، ގައިދީންނާއި ބަންދުމީހުންނަށް އާއިލާތަކުން ޖަމާކުރާ ފައިސާ އަލުން ބަލައިގަންނަން ފަށާނެ ތާރީހަކީ،  އަންނަ އަހަރުގެ ޖަނަވަރީ 03 ވާ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް