ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މައުމޫން--
ކޮވިޑުގައި މަރުވާ ލަންކާ މުސްލުމުން ރާއްޖޭގައި ވަޅުލަން ދެކޮޅު: ރައީސް މައުމޫން
ކޮވިޑުގައި މަރުވާ ލަންކާ މުސްލުމުން ރާއްޖޭގައި ވަޅުލަން ރައީސް މައުމޫން އަބްދުލްގައްޔޫމް ދެކޮޅު ހައްދަވައިފިއެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮންމެ ދީނެއްގެ އަދި ކޮންމެ ގައުމެއްގެ ފަތުރުވެރިއެއްވެސް ރާއްޖެއަށް ޒިޔާރަތް ކުރުމަށް މަރުހަބާ ކިޔާކަމަށާއި، އަދި ރާއްޖޭގައި އަމާން ހިތްފަސޭހަ ދުވަސްތަކެއް ވޭތުކުރުމަށް އެދިލައްވާކަމަށެވެ. ނަމަވެސް ކޮވިޑު ޖެހިގެން މަރުވާ އެއްވެސް ގައުމެއްގެ، އެއްވެސް މީހެއްގެ ހަށިގަނޑު ވަޅުލުމަށް ރާއްޖެ ގެނައުމަކީ ތާއީދު ކުރެވޭ ކަމެއް ނޫންކަމަށެވެ. 

ލަންކާގައި ކޮވިޑު ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުމުގެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ކަމާވެހޭ ފަރާތްތަކާއިއެކު މިހާރު މަޝްވަރާތަށް ފައްޓަވާފައެވެ. އަދި މިކަން މިހާރު ފޮރިން މިނިސްޓްރީން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.  

މިކަމަށް ރައީސް މައުމޫން ދެކޮޅު ހެއްދެވިއިރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ މިކަމަށް ތާއީދުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް