ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ކޮވިޑްގައި މަރުވާ މުސްލިމުން ވަޅުލުމަށް ކޮށްދެވެން އޮތް ކަމެއް ކުރުން އެދެވިގެންވޭ: ގާސިމް
ކޮވިޑް-19 ގައި މަރުވާ މުސްލިމުން ވަޅުލުމަށް ކޮށްދެވެން އޮތް ކަމެއް ކުރުން އެދެވިގެންވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައިވަނީ، ކޮވިޑް-19 ގައި މަރުވާ މީހުންނަކީ ކޮންމެ ދީނެއްގެ މީހަކު ކަމަށް ވިޔަސް ދީނުގައިވާ ގޮތަށް ޖަނާޒާގެ ކަންތައް ކުރުމުގެ ހައްގު ދިނުމަކީ ބައިނަލް އަގްވާމީ ގޮތުން ބެލިޔަސް، ދީންތަކުގެ ހަމައިން ބެލިޔަސް އަދި އިންސާނީ ބުއްދީގެ ހަމައިން ބެލިޔަސް ލިބިގެންވާ ލާޒިމު ހައްގެއް ކަމަށެވެ. 

ގާސިމް އިތުރަށް ވިދާޅުވެފައިވަނީ ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންތައް ދީނުގައިވާ ގޮތަށް ކުރުމަށް ފުރުސަތު ނުލިބިގެން އެ ހަށިތައް އަންދާނަމަ ރާއްޖެއިން އެކަމަށް ކޮށްދެވެން އޮތް ކަމެއް ރައްކާތެރިކަމާއި އެކު ދީނުގައިވާ ގޮތަށް ކޮށްދެއްވުމަކީ އެދިވެގެންވާ ކަމެއްކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށާއި، ރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ. 

އެގޮތުން އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގްޞަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިއާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ހާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ އެ ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުން ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ. 

ލަންކާ ސަރުކާރުން ނިންމާފައިވަނީ އެގައުމުގައި ކޮވިޑް-19 ގައި މަރުވާ މީހުން އަންދާލުމަށެވެ. ނަމަވެސް މުސްލިމުން އެގޮތައް އަންދާލުމަކީ އެގައުމުގެ މުސްލިމުން ނުރުހުން ފާޅުކުރަމުން ގެންދާކަމެކެވެ. 

މިކަމުގައި ގިނަ ފަރާތްތަކަކުން އެކަމަސް މަރުހަބާ ކިޔާއިރު ތަފާތު ހިޔާލެއް ފާޅު ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެވެ. ރައީސް މައުމޫން ވިދާޅުވީ ކޮވިޑު ޖެހިގެން މަރުވާ އެއްވެސް ގައުމެއްގެ، އެއްވެސް މީހެއްގެ ހަށިގަނޑު ވަޅުލުމަށް ރާއްޖެ ގެނައުމަކީ ތާއީދު ކުރެވޭ ކަމެއް ނޫންކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް