ads
އައިޖީއެމްއެޗް--- ފޮޓޯ: ސަން
ހެލްތުގެ މުވައްޒަފުންނަށް އެލަވަންސްގެ ގޮތުގައި 3.2 މިލިއަން ރުފިޔާ
ކޮވިޑް-19 އާއި ގުޅިގެން ކުރި ހަރަދުތަކަށް ބަލައިލާ އިރު، ފާއިތުވެދިޔަ ހަފްތާގައި ހެލްތު މިނިސްޓްރީގެ މުވައްޒަފުންގެ އެލަވަންސަށް 3.2 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސުން މިއަދު އާންމު ކުރި ކޮވިޑް-19 އާއި ގުޅިގެން ކޮށްފައިވާ ހޭދަތަކުގެ މާލީ ހިސާބު ދައްކާ ގޮތުގައި ހެލްތު މިނިސްޓްރީގެ މުވައްޒަފުންނަށް ދޭ އެލަވަންސްގެ ގޮތުގައި 3.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ދައުލަތުން ތަކެތި ހޯދުމަށް 0.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، ހިންގުމުގެ ހަރަދުގެ ގޮތުގައި 0.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

އެ މިނިސްޓްރީން ހިދުމަތް ދިނުމަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށްޓަކައި 0.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، އެ މިނިސްޓްރީގެ މުވައްޒަފުންގެ ދަތުރުތަކަށް ފާއިތުވެދިޔަ ހަފްތާގައި 0.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

އެހެންކަމުން ހެލްތު މިނިސްޓްރީން ވަނީ ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި ކޮވިޑް-19 އާއި ގުޅިގެން ސިއްހީ ރޮނގުން 5.1 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

އައިޖީއެމްއެޗުން މިދިޔަ ހަފްތާގައި 0.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، އެ ހޮސްޕިޓަލުން ހިންގުމުގެ ހަރަދުގެ ގޮތުގައި 0.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި އެންސްޕާ އިން ފާއިތުވެދިޔަ ހަފްތާގައި އެކި އެހީތަކާއި ސަބްސިޑީގެ ގޮތުގައި 0.3 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

މިހާތަނަށް ކޮވިޑް-19 އާއި ގުޅިގެން ކޮށްފައިވާ ސިއްހީ ހޭދަތަކުގެ ޖުމްލަ 1.343 ބިލިއަން ރުފިޔާ އަށް އަރާފައިވާ އިރު، ޖުމްލަ ގޮތެއްގައި އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ އެންޑީއެމްއޭއިންނެވެ. އެއީ 871.7 މިލިއަން ރުފިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް