ads
ކެބިނެޓު ތަރުޖަމާނު އަދި މިނިސްޓަރު ކެހެލިޔަ ރަމްބުކްވެލާ--
މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލާން އެދުނުކަން ލަންކާ ކެބިނެޓަކަށް ނޭނގޭ!
ކޮވިޑް-19 ޖެހިގެން އަވައްޓެރި ސްރީލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް އެގައުމުގެ ފަރާތުން އެދުނު ކަން އެނގިފައި ނުވާ ކަމަށް ލަންކާ ކެބިނެޓުގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.

ކެބިނެޓު ތަރުޖަމާނު އަދި މިނިސްޓަރު ކެހެލިޔަ ރަމްބުކްވެލާއާ ހަވާލާދީ ނިއުސް ސެންޓާއިން މިއަދު ރިޕޯޓުކުރި ގޮތުގައި އެކަމުގައި މައުލޫމާތު ކެބިނެޓަށް ލިބިފައެއް ނުވެ އެވެ. 

އޭނާ އެގޮތަށް ވިދާޅުވީ ކެބިނެޓުގެ ފަރާތުން ކޮންމެ ހަފްތާއަކު ބާއްވާ ޕްރެސް ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

ރަންބުކްވެލާ ވިދާޅުވީ އެފަދަ ކަމަކާ ގުޅޭ ގޮތުން މީގެ ކުރިން ކެބިނެޓުގައި މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އަދި މައުލޫމާތު ސާފު ކުރުމަށް ފަހު ނޫސްވެރިންނާ ހިއްސާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން އިއްޔެ ބުނީ ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ ސިޓީފުޅެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. 

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ޓްވީޓު ކުރެއްވި އެ ބަޔާނުގައި ބުނެފައި ވަނީ ލަންކާގެ ރައީސް އެދިވަޑައިގެންނެވީ ކޮވިޑުގައި މަރުވާ ލަންކާ މުސްލިމުން އެގައުމުގައި ވަޅުލެވޭނެ ގޮތް ހަމަޖައްސަން ދަތިވުމުން ރާއްޖޭގައި ވަޅުލުމަށެވެ. 

ރައީސް ސޯލިހު މިހާރު ގެންދަވަނީ އެކަން ކުރެވޭނެ ގޮތްތައް ބެލުމަށް ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންނެވެ. އެކަމަށް އެއް ބަޔަކު ތާއީދު ކުރަމުން ދާއިރު ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް